ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޗައިނާގެ ވާހަކައަށް ޓައިވާނުން ދެކޮޅު ހަދައިފި
ދުނިޔެ

ޗައިނާގެ ވާހަކައަށް ޓައިވާނުން ދެކޮޅު ހަދައިފި

އއިބްރާހީމްް ސަމީރު15 ނޮވެމްބަރު 2024
ޓައިވާނުން ވަނީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއަށް ސިޔާދަތު އޮތްކަމަށް ބުނާ ވާހަކަތަކަށް ދެކޮޅު ހަދައިފައެވެ. ފޯކަސް ޓައިވާން އިން ބުނާ ގޮތުގައި ޓައިވާންގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ނެރުނު ބަޔާނެއްގައި ބާރުއަޅާފައިވަނީ، ބައިނަލްއަގްވާމީ އަދި ކަނޑުގެ ގާނޫނުތަކާ އެއްގޮތަށް ދެކުނު ޗައިނާ ކަނޑުގައި ޖަޒީރާ ޖަމާއަތްތަކާއި އެމީހުންގެ ވަށައިގެންވާ ކަނޑުގެ ހުރިހާ ހައްގުތަކެއް ޓައިވާނަށް ލިބިގެންވާ ކަމަށެވެ. ތައިވާނަކީ ޗައިނާއިން ދެކޭ ގޮތުގައި އެ ގައުމުގެ ބާޣީ ސަރަހައްދެކެވެ. ޓައިވާނުން މިކަން އަލުން ކަށަވަރުކޮށްދީފައިވަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ޚާއްސަކޮށް ޗައިނާއާއި ފިލިޕީންސްއާ ދެމެދު ހަމަނުޖެހުން ހިނގަމުންދާތީއެވެ. ދެކުނު ޗައިނާ ކަނޑުގެ ބައެއް ހިސާބުތަކުގައި ފިލިޕީންސްގެ ދައުވާތައް ބާރުގަދަ ކުރުމަށް ކަނޑުގެ ސަރަހައްދުތަކާއި ކަނޑުގެ ދަތުރުފަތުރުގެ މަގުތައް ކަނޑައަޅައި ފިލިޕީންސުން ފާސްކޮށްފައިވާ ގާނޫނުގައި ފިލިޕީންސްގެ ރައީސް ފަރޑިނަންޑް މާކޯސް ޖޫނިއާ ވަނީ ދާދި ފަހުން ސޮއިކުރައްވާފަ އެވެ. ޗައިނާއިން އެކަމަށް ރައްދު ދިނީ 2012 ވަނަ އަހަރު ފިލިޕީންސް އަތުން އަތުލައިގަތް ދެބަސްވުން އުފެދިފައިވާ ގިރިއެއްގެ ސަރަހައްދުތައް ކަނޑައަޅައިގެންނެވެ. އެ ތަންތަނަކީ، ފިލިޕީންސް، ބްރޫނާއީ، އިންޑޮނޭޝިއާ، މެލޭޝިއާ، ވިއެޓްނާމް އަދި ޓައިވާން އިން ދައުވާކުރާ ސަރަހައްދުތަކާ ގުޅިފައިވާ ސަރަހައްދުތަކެއްވެސް މެއެވެ. ބެއިޖިންގެ ފޮރިން މިނިސްޓްރީން ވަނީ ކަނޑުގެ ހައްގުތައް ދިފާއު ކުރުމަށް "އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް" އަޅާނެ ޗައިނާއިން އަޅާނެ ކަމަށް ވައުދުވެ، ދެކުނު ޗައިނާ ކަނޑާ ގުޅިގެން 2016 ވަނަ އަހަރު އިންޓަނޭޝަނަލް އާބިޓްރޭޝަން ކޯޓުން ކުރި ހުކުމް ބަލައި ނުގަންނަ ކަމަށް ބުނެފައެވެ.

ގުޅުންހުރި ޚަބަރު