ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
ސެމީކޮންޑަކްޓަރ އިން ގިނަ ވަޒީފާތަކެއް
ދުނިޔެ

ސެމީކޮންޑަކްޓަރ އިން ގިނަ ވަޒީފާތަކެއް

އއިބްރާހީމްް ސަމީރު15 ނޮވެމްބަރު 2024
އިންޑިއާ އިން 2026 ވަނަ އަހަރުގެ ނިޔަލަށް ސެމީކޮންޑަކްޓަރ ދާއިރާއިން އެއް މިލިއަން ވަޒީފާ އުފެއްދުމަށް ތައްޔާރަށް އޮތް ކަމަށް އެންއެލްބީ ސާވިސަސްގެ ރިޕޯޓެއްގައިވެ އެވެ. މިއީ ޑިމާންޑް ގިނަ ވަޒީފާގެ ކެޓަގަރީތަކެއް ހިމެނޭ ކަމެއް ކަމަށްވާއިރު، ކޮމްޕިއުޓަރ ޗިޕް ފޭބްރިކޭޝަންގެ 300،000 ވަޒީފާ އެކި ދާއިރާތަކުން އުފެދިގެން ދާނެއެވެ. އަދި  އެސެމްބަލް ކުރުމާއި ޓެސްޓް ކުރުމާއި މާކް ކުރުމާއި ޕެކޭޖިން ގެ ދާއިރާތައް ފަދަ ދާއިރާތަކުން 2 ލައްކަ ވަޒީފާ އުފެދިގެން ދާނެއެވެ. އަދި ޗިޕް ޑިޒައިން ކުރުމާއި ސޮފްޓްވެއާ ޑިވެލޮޕްމަންޓު ފަދަ  ސަޕްލައި ޗޭން މެނޭޖްމަންޓްގެ ދައުރުތަކުގެ ވަޒީފާތައް ވެސް ހިމެނެ އެވެ. މި ރިޕޯޓުގައި އިންޖިނިއަރުންނާއި އޮޕަރޭޓަރުންނާއި ޓެކްނީޝަނުންނާއި ކޮލިޓީ ކޮންޓްރޯލް، ޕްރޮކިއުމަންޓް، އަދި މެޓީރިއަލްސް އިންޖިނިއަރިންގެ ސްޕެޝަލިސްޓުންގެ ހުނަރުވެރި ވޯކްފޯސްއެއް ބޭނުންވާކަން ފާހަގަކޮށްފައިވެ އެވެ. ސަރުކާރުގެ ތާއީދާއި އަމިއްލަ ކުންފުނިތަކުން އާ ސެމީކޮންޑަކްޓަރ ފެސިލިޓީތަކަށް އިންވެސްޓްކޮށްގެން އިންޑިއާއިން ދަނީ 2026 ވަނަ އަހަރުގެ ނިޔަލަށް އެ ސިނާއަތުގެ ކުރިއަރަމުން އަންނަ ޑިމާންޑްތައް ފުއްދުމަށް ވަރުގަދަ ހުނަރުވެރި ފޯސްއެއް ބިނާކުރަމުންނެވެ.

ގުޅުންހުރި ޚަބަރު