ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ސިކުންގެ ޓެރަރިސްޓުންގެ ފައިސާ ޓުރޫޑޯގެ ޕާޓިއަށް
ދުނިޔެ

ސިކުންގެ ޓެރަރިސްޓުންގެ ފައިސާ ޓުރޫޑޯގެ ޕާޓިއަށް

އއިބްރާހީމްް ސަމީރު16 ނޮވެމްބަރު 2024
އަލަށް ފެންމަތިވި ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި ކެނެޑާގެ ސިޔާސީ ހަމަނުޖެހުމާއި ޚާލިސްތާނީ ބާޣީ ފަރާތްތަކުން ލިބޭ ފައިސާއާ ގުޅުމެއް އޮތް ކަން ފާހަގަ ވެއެވެ. މިއީ ހަމަނުޖެހުމާއި ޚާލިސްތާނީ ފަރާތްތަކާ ގުޅުމެއް އޮތް ކަމުގެ ހެކި ފުރަތަމަ ފަހަރަށް ސާބިތުވާ ފަހަރެވެ. ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ ސަރުކާރަށް އިންޑިއާއިން ތަކުރާރުކޮށް އެދިފައިވާނީ ޓެރަރިސްޓުން ކަމަށް ކަނޑައެޅިފައިވާ ޚަލިސްތާނީ ޓެރަރިސްޓް ހަރުދީޕް ސިންގް ނިޖާރާ ދެކޮޅަށް ފިޔަވަޅު އަޅާށެވެ. ހާމަވެފައިވާ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި ނިޖާރާއި އޭނާގެ ބައިވެރިން ވަނީ ޓްރޫޑޯގެ މައިނޯރިޓީ ސަރުކާރަށް ތާއީދުކުރާ ނިއު ޑިމޮކްރެޓިކް ޕާޓީ (އެންޑީޕީ)ގެ ލީޑަރު ޖަގްމީތު ސިންގް ދަލީވާލް އަށް ގިނަ އަދަދަކަށް ފައިސާ\ ފޮނުވާފަ އެވެ. މި މާލީ އެހީތެރިކަމަކީ ޓްރޫޑޯގެ ލިބަރަލް ޕާޓީ ވެރިކަމުގައި ދެމިހުރުމަށް ވަރަށް މުހިންމު ކަމަކަށް ވާއިރު، މިއިން ޚާލިސްތާނީ މަސްލަހަތަށް ބަރޯސާވާކަން ސާބިތު ވެއެވެ.

ގުޅުންހުރި ޚަބަރު