ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ރޭލް ހައިޑްރޮޖަންއަށް ބަދަލު ކުރަނީ
ދުނިޔެ

ރޭލް ހައިޑްރޮޖަންއަށް ބަދަލު ކުރަނީ

އއިބްރާހީމްް ސަމީރު16 ނޮވެމްބަރު 2024
އިންޑިއަން ރޭލްވޭސް އިން ހައިޑްރޯޖަން އިން ކަރަންޓް އުފައްދާ ފުރަތަމަ ރޭލު ތައާރަފް ކުރަން ނިންމައިފިއެވެ. މިއީ އީކޯ ފްރެންޑްލީ ދަތުރުފަތުރުގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށް ބެލެވެއެވެ. އިންޑިއާގެ ރޭލުގައި މިހާރު ކަރަންޓު އުފެއްދުމަށް ބަރޯސާވަނީ، ޑީސަލް ނުވަތަ ކަރަންޓަށެވެ. އެއާ ޚިލާފަށް މި އާ ރޭލު ދުއްވާނީ ޒަމާނީ ހައިޑްރޯޖަން ފިއުލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ފެނުންނެވެ. މި ޕައިލެޓް ޕްރޮޖެކްޓް ވަރަށް އަވަހަށް ފަށާނެ ކަމަށް އިންޑިއަން ރެއިލްވޭ މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ. ހައިޑްރޯޖަން ރޭލަށް ގަޑިއަކު ގާތްގަނޑަކަށް 40،000 ލީޓަރުގެ ފެން ބޭނުންވާނެ އެވެ. އެ ރޭލުގެ ހަކަތަ އުފެއްދުމަށް އެހީތެރިވުމަށް ހާއްސަ ސްޓޯރޭޖް ފެސިލިޓީތަކެއް ދަނީ ހަދަމުންނެވެ. ހައިޑްރޯޖަން އަށް ބަދަލުވުމުގެ މަގުސަދަކީ ތިމާވެށި ތަޣައްޔަރުވުން ކުޑަކޮށް، ދުވާލަކު އެތައް މިލިއަން ފަސިންޖަރުންނަށް ހިދުމަތްދޭ އިންޑިއާގެ މާސިންގާ ރޭލު ނެޓްވޯކް ޒަމާނީ ކުރުމެވެ. "ފެނުން ދުއްވާ" މި ރޭލަކީ ދެމެހެއްޓެނިވި އަދި އެންމެ ޒަމާނީ ދަތުރުފަތުރުގެ ހައްލުތަކަށް އިންޑިއަން ރޭލްވޭއިން ކުރާ މަސައްކަތުގެ ފުރަތަމަ ބައެވެ.

ގުޅުންހުރި ޚަބަރު