ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ވީޕީއެން ސާވިސްއަށް ބުރޫއަރއިފި
ދުނިޔެ

ވީޕީއެން ސާވިސްއަށް ބުރޫއަރއިފި

އއިބްރާހީމްް ސަމީރު16 ނޮވެމްބަރު 2024
ޕާކިސްތާން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ) އިން ބުނީ ހަފްތާ ބަންދުގައި ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން) އަށް ބުރޫއެރުމަކީ ގަސްތަކާ ނުލައި ހިނގާ، "ޓެކްނިކަލް ގްލިޗެއް" ކަމަށެވެ. ހުކުރު ދުވަހު ހިނގި މި ބުރޫއެރުމަކީ އައިޓީ ވިޔަފާރިތަކަށް ގެއްލުން ލިބޭ ކަމެއް ކަމަށް އެފަރާތްތައް ތަމްސީލުކުރާ ޕާކިސްތާން ސޮފްޓްވެއާ ހައުސް އެސޯސިއޭޝަން އިން ކަންބޮޑުވުން ފާޅުކުރެއެވެ. އެއް ޒަމާނެއްގައި އިންޓަނެޓް ބްލޮކް ކުރުން އާންމު ވުމުން ރެސްޓްރިކްޝަންތައް ބައިޕާސް ކުރުމަށް ބޭނުންކުރި ވީޕީއެން އަކީ މިހާރު ގިނަ ރައްޔިތުންނަށް ކޮންމެހެން ބޭނުންތެރި އެއްޗަކަށް ވަނީ ވެފައެވެ. 2023 ވަނަ އަހަރު އެކްސްޕޯޓްގެ ގޮތުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ޕާކިސްތާނަށް އައިޓީ ވިޔަފާރިން ލިބުނެވެ. ޕާކިސްތާނުގެ އައިޓީ ދާއިރާ ވަރަށް ބޮޑަށް ބަރޯސާވެފައިވަނީ ސޮފްޓްވެއާ ޑިވެލޮޕްމަންޓާއި އައިޓީ ކޮންސަލްޓިން އަދި ފްރީލާންސް މަސައްކަތް ފަދަ ހިދުމަތްތަކަށެވެ. ވީޕީއެން ރެސްޓްރިކްޝަންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ފަރާތްތަކުގެ ތެރޭގައި ޕާކިސްތާނުގެ ފްރީލާންސަރުން ހިމެނޭއެވެ. އެކަމުގެ ސަބަބުން އެފަރާތްތައް ކްލައިންޓުންނާ މުއާމަލާތްކުރުމުގައާއި ވަސީލަތްތައް ހޯދުމަށް ދަތިތަކެއް ކުރިމަތިވެ އެވެ. މި ބުރޫއެރުމުގެ ސަބަބުން ޕާކިސްތާނުގެ ފުޅާ ޑިޖިޓަލް އިގްތިސާދަށް ވެސް އަސަރުކުރެއެވެ. އޭގެ ތެރޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އީ-ކޮމާސް ދާއިރާ ވެސް ހިމެނެ އެވެ. މިހާރު ހިނގަމުންދާ ޑިޖިޓަލް ހުރަސްތަކުގެ ސަބަބުން އައިޓީ ހިދުމަތްތަކަށް އަގުހެޔޮ ހަބެއްގެ ގޮތުގައި ޕާކިސްތާނުގެ ވާދަވެރި ކަމަށް ނުރައްކަލެއް ކުރިމަތިވެ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ސަރުކާރުން އިންޓަނެޓް ސެންސަރު ކުރުމަށް ގެންގުޅޭ އުސޫލު އަލުން މުރާޖަމައާ ކުރަން ޖެހެއެވެ. ސަރުކާރުގެ އަމާޒަކަށް ވާންވާނީ އައިޓީ ދާއިރާގައި ކުރިއެރުން ހޯދުމަށް ގައުމީ ސަލާމަތުގެ ކަންބޮޑުވުންތަކާއި ގައުމުގެ ޑިޖިޓަލް ވޯކްފޯސްގެ ބޭނުންތައް ބެލެންސް ކުރުމެވެ.

ގުޅުންހުރި ޚަބަރު