ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އިންޑިއާގެ މިސައިލް އަރމީނިއާއަށް
ދުނިޔެ

އިންޑިއާގެ މިސައިލް އަރމީނިއާއަށް

އއިބްރާހީމްް ސަމީރު16 ނޮވެމްބަރު 2024
އިންޑިއާގެ ފުރަތަމަ އަކާޝް މަރުކާގެ ސަރފޭސް ޓު އެއާ މިސައިލް (އެސްއޭއެމް) ސިސްޓަމް ރަސްމީކޮށް އެކްސްޕޯޓްކޮށްފިއެވެ. މިއީ އިންޑިއާގެ ދިފާއީ އެކްސްޕޯޓުގައި ފާހަގަކޮށްލެވޭ މުހިންމު ކަމެއް ކަމަށް ފާހަގަ ކޮށްފައި ވެއެވެ.. އިންޑިއާގެ ޑިފެންސް އުފެއްދުމުގެ ދާއިރާގެ މުހިއްމު ދައުރެއް އަދާކުރާ ބާރަތު އިލެކްޓްރޯނިކްސް ލިމިޓެޑް (ބީއީއެލް) އިން ވަނީ ބެންގަލޫރުންމި ޝިޕްމެންޓް ބޭރުކުރުން ފާހަގަ ކޮށްފައެވެ. މިއީ އިންޑިއާގެ ‘މޭކް އިން އިންޑިއާ’ މަޝްރޫގެ އިސްނެގުމާ އެއްގޮތަށް އަމއްލައަށް ތަރައްގީކޮށްފައިވާ އަކާޝް ނިޒާމެވެ. އަދި މިއީ، މި ނިޒާމުގެ ފުރަތަމަ ބައިނަލްއަގްވާމީ ވިޔަފާރި މުއާމަލާތެވެ. ސަވައިލެންސް އަދި މިސައިލް ގައިޑެންސް ރާޑަރުތައް ފަދަ ގްރައުންޑް ސަޕޯޓް އިކުއިޕްމަންޓް ފޯރުކޮށްދީގެން ބީއީއެލް އިން މުހިންމު ވިޔަފާރި ހޯދަމުން ދެއެވެ. މި މިސައިލް ނިޒާމު ލިބިގަންނަނީ، އަރްމީނިއާއިންނެވެ. އަރްމީނިއާއަކީ، ވަކިވެގަތުމަށް މަސއްކަތް ކުރާ ނަގޯރްނޯ-ކަރަބަޚްގެ ހަމަނުޖެހުމާ ގުޅިގެން އިންޑިއާއާ އެކު ދިފާއީ ގުޅުން ބަދަހި ކޮށްފައިވާ ޤައުމެކެވެ.

ގުޅުންހުރި ޚަބަރު