ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އަދާނީ އެމެރިކާގައި އިންވެސްޓް ކުރަނީ
ދުނިޔެ

އަދާނީ އެމެރިކާގައި އިންވެސްޓް ކުރަނީ

އއިބްރާހީމްް ސަމީރު16 ނޮވެމްބަރު 2024
އިންޑިއާގެ އަދާނީ ގްރޫޕްގެ ޗެއާމަން ގައުތަމް އަދާނީ ވަނީ އެމެރިކާގެ ހަކަތަގެ ދާއިރާގެ ސެކިއުރިޓީ އަދި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރި މި އިއުލާނުގައި 15،000 އާއި ހަމައަށް ވަޒީފާ އުފެއްދުމަށް ވެސް އޭނާ ވަނީ ވައުދުވެފަ އެވެ. ނަމަވެސް މި މަޝްރޫއުތަކުގެ ޓައިމްލައިނެއް ނުވަތަ ވަކި ތަފްސީލެއް އަދާނީއެއް ނުދެއްވަ އެވެ. އަދި އަދާނީ ވަނީ ޖަރުމަނާއި ޑެންމާކާއި ބެލްޖިއަމްގެ ސަފީރުންނާއެކު ޔޫރަޕިއަން ޔޫނިއަންގެ ސަފީރުންގެ ބައްދަލުވުމެއް ބާއްވައި، ގުޖުރާތުގައި އަދާނީ ގްރޫޕްގެ އިއާދަކުރަނިވި ހަކަތަ ބޭނުން ކުރާ ގޮތާއި އިންސްޓޯލުކޮށްފައިވާ ގޮތް ދައްކާލާފައެވެ. އެބޭފުޅުންގެ ބައްދަލުވުމުގައި އަދާނީ ވަނީ އިއާދަކުރަނިވި ހަކަތައިގެ މަސައްކަތްތައް ފުޅާކުރުމަށް ވާހަކަ ދައްކަވާފައެވެ.

ގުޅުންހުރި ޚަބަރު