ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ދޮންކެޔޮ ދެކެ ބިރު ގަންނަ ވަޒީރެއް
ދުނިޔެ

ދޮންކެޔޮ ދެކެ ބިރު ގަންނަ ވަޒީރެއް

އއިބްރާހީމްް ސަމީރު16 ނޮވެމްބަރު 2024
މިއީ ދޮން ކޭލަށް އެލާޖިކް ވާ މިނިސްޓަރެކެވެ. ސުއިޑްންގެ މި ވަޒީރުގެ ދޮންކޭލު ފޯބިޔާއަކީ ނާދިރު ބާވަތުގެ ބައްޔެކެވެ. ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި ދޮންކެޔޮ ދެކެ މިނިސްޓަރު ގަންނާ ކުރައްވާ ބިރުން، މީޓީންތައް ބާއްވާއިރު ހޯލު ތެރޭގައި ދޮންކެޔޮ ބެހެއްޓުން ވަނީ މަނާކޮށްފައެވެ. މިނިސްޓަރު ޕައުލީނާ ބްރޭންޑްބަރގް މުވައްޒަފުންނަށް ދޮންކޭލާ ބެހޭ ގޮތުން ދެއްވާފައިވާ އިރުޝާދު އީމެއިލް ވަނީ މީސްމީޑިއާގައި ލީކު ކޮށްލާފައެވެ. މީޑިއާއިން ސުއާލު ކުރުމުން މިނިސްޓަރު ވަނީ ދޮންކެޔޮފޯބިއާ ހުންނަ ކަން ޔަގީން ކޮށްދެއްވާފައެވެ. ސުއިޑްންގައި ދޮންކެޔޮފޯބިއާ ހުންނަ މިނިސްޓަރަކީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް އިކުއަލިޓީ މިނިސްޓަަރެވެ. ދޮންކެޔޮދެކެ ބިރުގަންނަ މީހުންނާ ބެހޭ ގޮތުން ސްޕެޝަލިސްޓުން ބުނަނީ ދޮންކެޔޮ ފޯބިއާގެ އަލާމާތްތަކުގެ ތެރޭގައި ޕެނިކް އެޓޭކް، ހޮޑުލުން، މޭނުބައިކުރުން، ބަނޑު ކައްކާލުން، ހިތް އަވަސްވުން އަދި ނޭވާހިއްލުން ފަދަ ކަންކަން ދިމާވެދާނެ ކަމަށެވެ.

ގުޅުންހުރި ޚަބަރު