ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޔޫރަޕުން އިޒްރޭލަށް ދަތިކުރަން ފިޔަވަޅު އަޅަނީ
ދުނިޔެ

ޔޫރަޕުން އިޒްރޭލަށް ދަތިކުރަން ފިޔަވަޅު އަޅަނީ

އއިބްރާހީމްް ސަމީރު16 ނޮވެމްބަރު 2024
އިޒްރޭލަށް ބައިނަލްއަގްވާމީ ޤާނޫނަށް އިހުތިރާމް ކުރުމަށް އަހަރެއްހާ ދުވަހު ގޮވާލުމަށް ފަހު، ދެން އިތުރު މުއްދަތެއް ނު ދެވޭނެ ކަމަށް ޔޫރަޕްގެ ޖަމާއަތުން ބުނެފިއެވެ. ޔޫރަޕްގެ ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިސްނުމަށް ވިލާތު އިއްތިޙާދުގެ ޚާރިޖީ ގުޅުމާބެހޭ މަސްއޫލުވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވެއެވެ. ބޮރެލް ވަނީ، ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުން ހުޅަނގު އައްސޭރިއާއި ޣައްޒާގައި އާބާދުކޮށްފައިވާ ޒަޔަނިސްޓު ބަސްތީތަކުގެ އުފެއްދުންތައް އެތެރެ ކުރުން ހުއްޓާލުމަށް ފިޔަވަޅުތައް އެޅުމަށެވެ. އޭގެ އިތުރުން އިޒްރޭލާއެކު ކުރާ މަޝްވަރާތައް މި ވަގުތައް ހުއްޓާލުމަށްވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ. މިކަންކަމާ ބެހޭ ގޮތުން ގޮތެއް ނިންމާނީ އަންނަ ހަފްތާގައި ފޮރިން މިނިސްޓަރުންގެ ފެންވަރުގައި ޔޫރަޕިއަން ޔޫނިއަން ކައުންސިލްގެ ބައްދަލުވުމެއްގައި މަޝްވަރާ ކުރުމަށްފަހުއެވެ. ބޮރެލް ވަނީ ޣައްޒާގައި އިޒްރޭލުން ހިންގާ އަމަލުތަކަކީ، "ނަސްލު ސާފުކުރުމުގެ އަމަލެއް" ކަމަށް ސިފަކުރައްވާފައެވެ. އަދި އިޒްރޭލުން ނޫސްވެރިންނަށް ދޭ ހަމަލަތައްވެސް އޭނާ ވަނީ ކުށްވެރި ކުރައްވާފައެވެ. އެފަދަ ޖަރީމާތައް ތަކުރާރު ނުކުރުމަށްވެސް އޭނާ ވަނީ އިޒްރޭލަށް އިންޒާރު ކުރައްވާފައެވެ. އީޔޫގެ ޚާރިޖީ އަދި ސަލާމަތީ ސިޔާސަތުގެ ވެރިޔާ އިތުރަށް ވިދާޅުވީ ޣައްޒާގައި ގިނަ ދުވަސްތަކެއް ވަންދެން ފެނުނު މި މަންޒަރު އެހެން ތަންތަނުންވެސް ފެންނަ ކަމަށެވެ. ލުބުނާނުގެ ދެކުނުގައި 30 އާބާދީއަކަށް އިޒްރޭލުން  ބޮން އަޅާފައިވާ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ. ބޮރެލް އިސްރާއީލަށް ގޮވާލެއްވީ "އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހިނގި ކަންތައްތަކަށް ބަދަލު ހިފުމުގެ ރުޅިވެރިކަން ދޫކޮށްލުމަށެވެ."  އަދި މިކަންކަން މި ގޮތަށް ކުރިއަށް ދަނީނަމަ ޔޫރަޕްގެ ނިޒާމަށާއި ދުނިޔޭގެ ނިޒާމަށް ބުރޫއަރައި އެމްސްޓެޑަމްގެ މަގުމަތިން ފެނުނުފަދަ ކަންތައްތައް ތަކުރާވުން އާންމު ވެދާނެ ކަމަށެވެ.

ގުޅުންހުރި ޚަބަރު