ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޒަޔަނިސްޓުންގެ ގަތުލުއާންމަށް ހުއްޓުމެއް ނެތް
ދުނިޔެ

ޒަޔަނިސްޓުންގެ ގަތުލުއާންމަށް ހުއްޓުމެއް ނެތް

އއިބްރާހީމްް ސަމީރު16 ނޮވެމްބަރު 2024
ޒަޔަނިސްޓުންގެ މަތިންދާބޯޓުތަކާއި އާޓިލަރީތަކުން ޣައްޒާގެ އުތުރާއި ދެކުނަށް ބޮން އަޅައި 11 މީހަކު ޝަހީދު ކޮށްލައި އިތުރު ބަޔަކު ޒަހަމް ކޮށްލައިފި އެވެ. ވަފާ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާ ސިޓީގެ އުތުރުގައި އޮންނަ ކަރަމާ އަވަށް ޔަހުދީ އިސްތިއުމާރީން ބޮން އަޅައި 4 ރައްޔިތަކު ޝަހީދު ކޮށްލައި އިތުރު ބަޔަކު ޒަޚަމް ކޮށްލިއެވެ. އަދި ޒައިތޫން އަވަށަށް ބޮން އަޅައި ދެ ރައްޔިތަކު ޝަހީދުކޮށްލައި، އިތުރު ބަޔަކު ޒަޚަމްކޮށްލިއެވެ. ޣައްޒާގެ އުތުރުން ޣައްޒާގެ މެދަށް ދަތުރު ކުރަމުން ދިޔަ ޒުވާނަކު ވެސް ވަނީ ބަޑިޖަހައި ޝަހީދުކޮށްލާފައެވެ. އެހީ ދޭން އެމްބިއުލާންސްގެ މީހުން އޭނާއާ ކައިރިވުމަށްވެސް ހުރަސް އަޅާފައިވާ ކަމަށް ބުނެފައި ވެއެވެ. ރަފަޙަ ސިޓީގެ އިރުމަތީގައި އެކި ސަރަހައްދުތަކަށް ޒަޔަނިސްޓުން ދިން ހަމަލަތަކުގައި ޝަހީދު ކޮށްލި މީހުންގެ ގަބުރުވެސް ވަނީ ހޯދާފައެވެ. މެޑިކަލް މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު ފަތިހުން ފެށިގެން ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ހަވީރަށް 37 އަށް އަރައިފައިވެއެވެ. ޒަޔަނިސްޓުންގެ މަތިންދާބޯޓާއި އާޓިލަރީން ބޮން އަޅަނީ ޣައްޒާގެ އުތުރުގައި ބައިތު ލާހިޔާއާއި ޣައްޒާ ސިޓީގެ އަލް ކަރާމާއާއި، އަލްސަބްރާ، ތައްލުލްހަވާއާއި އައްރިމާލް އަދި އަލްޒައިތޫން އަވަށްތަކަށާއި ރަފަހަގެ މެދުތެރޭގައި އޮންނަ ޝަބޫރާ އަވަށެވެ. ޒަޔަނިސްޓުންގެ ފޯސްތަކުން ވަނީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ކޭމްޕްގެ ހުޅަނގުން ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ އިމާރާތްތަކެއްވެސް ގޮއްވާލާފައެވެ.

ގުޅުންހުރި ޚަބަރު