ދިވެހި|English 24 އޮގަސްޓު 2026 · 07:35
Top banner
Advertisement
ލީބިޔާއާއި ޓިއުނީޝިއާގެ ސަރަހައްދުގެ މައްސަލަ ޖެހެން އުޅެނީ
ދުނިޔެ

ލީބިޔާއާއި ޓިއުނީޝިއާގެ ސަރަހައްދުގެ މައްސަލަ ޖެހެން އުޅެނީ

އއިބްރާހީމްް ސަމީރު16 ނޮވެމްބަރު 2024
ޓިއުނީޝިއާގެ މަސްއޫލުވެރިން ލީބިޔާއާ ދެމެދު އޮންނަ ސަރަހައްދީ ރޮނގާމެދު ވާހަކަ ދެއްކުމުން ލީބިޔާއިން ނުރުހުން ފާޅުކޮށްފިއެވެ. ލީބިޔާގެ އަބްދުލްހަމީދު އައްދީބާގެ ވަގުތީ ސަރުކާރުން ބުނެފައި ވަނީ މިއީ ދިހަ އަހަރު ކުރިން ނިމިފައި އތް މައްސަލައެއް ކަމަށެވެ. ޓިއުނީޝިއާގެ ޑިފެންސް މިނިސްޓަރު ޚާލިދު އަލް ސުހައިލީ ވަނީ ލީބިޔާގެ ބޯޑަރާ ބެހޭ ގޮތުން ވިދާޅުވީ ލީބިޔާއާ ދެމެދު އޮންނަ ސަރަހައްދުގެ އެންމެ އިންޗިއެއް ދޫކޮށްލުމަށްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އަންގާރަ ދުވަހު ޑިފެންސް މިނިސްޓްރީގެ ބަޖެޓް ޕާލަމެންޓަށް  ހުށަހަޅުއްވަމުން، އޭނާ ވިދާޅުވީ ބޯޑަރު ފާހަގަކޮށް ކުރެހުމަކީ "ޓިއުނީޝިއާ އާއި ލީބިޔާގެ ޖޮއިންޓް ކޮމިޓީއެއްގެ ފެންވަރުގައި ހިނގާ ކަމެއް ކަމަށާއި، އެ ކޮމިޓީގެ ދައުރަކީ ބޯޑަރުތައް ކަނޑައަޅައި ކޮންޓްރޯލް ކުރުން ކަމަށާއި އެކަމުގައި ޑިފެންސް އަދި ދާޚިލީ ވުޒާރާތައް ހިމެނޭނެ" ކަމަށެވެ.

ގުޅުންހުރި ޚަބަރު