ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އިންޑިއާ ފިލިޕީންސް ގުޅުމަށް 75 އަހަރު
ދުނިޔެ

އިންޑިއާ ފިލިޕީންސް ގުޅުމަށް 75 އަހަރު

އއިބްރާހީމްް ސަމީރު17 ނޮވެމްބަރު 2024
އިންޑިއާ އާއި ފިލިޕީންސްގެ ޑިޕްލޮމެޓިކް ގުޅުމަށް 75 އަހަރު ފުރިއްޖެއެވެ. އިންޑިއާއިން ވަނީ މުނާސަބާ ފާހަގަ ކުރުމަށް ޚާރިޖީ ވުޒާރާއިން ޚާއްސަ ލޯގޯއެއްވެސް ދައްކާލާފައެވެ. ޚާރިޖިއްޔާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ހިއްސާކޮށްފައިވާ މި ލޯގޯއަކީ ދެ ގައުމުގެ މެދުގެ އެކުވެރިކަމާއި، ސަގާފަތް ބަދަލުކުރުމާއި، ހިއްސާކުރެވޭ އަގުތައް ރަމްޒުކޮށްދޭ ލޯގޯއެކެވެ. މި ލޯގޯގެ ޑިޒައިންގައި ފިލިޕީންސް އާއި އިންޑިއާގެ ރަމްޒީ ކަންކަމުގެ އެއްބައިވަންތަ ގުޅުން ދައްކުވައިދެއެވެ. މިއީ 75 އަހަރު ތެރޭގައި އުފެދިފައިވާ ދެފަރާތުގެ އިހުތިރާމާއި ބަދަހި ގުޅުން ތަމްސީލުކުރާ އެއްޗެއް ކަމަށް އިންޑިއާއިން ބުނެއެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ވަނީ ޑިމޮކްރެޓިކް އަގުތަކާއި، ޕްލޫރަލިޒަމް އަދި އިގްތިސާދީ ގުޅުންތަކުގައި އަދި އަސްކަރީ ގޮތުން ދެގައުމުގެ ދެމެދު ބިނާވެފައިވާ ވަރުގަދަ ގުޅުމަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފަ އެވެ. ޖައިޝަންކަރު ވަނީ އައިޓީއާއި، ބޭސްވެރިކަމާއި، އިންފްރާސްޓްރަކްޗާ، އޮޓޯމޮބައިލް، ޓެކްސްޓައިލްސް، އަދި ކޮންސިއުމާ ގުޑްސްގެ ދާއިރާތަކުން ދެފަރާތް ދެމެދު ކުރިއަރަމުން އަންނަ ވިޔަފާރިއަށް އަލިއަޅުވާލައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ފިލިޕީންސްގައި އިންޑިއާގެ އިންވެސްޓްމަންޓްތައް އިތުރުވެފައިވާއިރު، މިއީ ދެގައުމުގެ އެއްބާރުލުން ފުޅާވަމުންދާ މިންވަރު ދައްކުވައިދޭ ކަމެކެވެ. ފިލިޕީންސުން ވަނީ އިންޑިއާގެ ކުރިއަރާފައިވާ މިސައިލް ވެސް ގަނެފައެވެ.

ގުޅުންހުރި ޚަބަރު