ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އިންޑިއާގެ ވައިގެ ސިފައިން ބަހުރައިންގައި
ދުނިޔެ

އިންޑިއާގެ ވައިގެ ސިފައިން ބަހުރައިންގައި

އއިބްރާހީމްް ސަމީރު17 ނޮވެމްބަރު 2024
އިންޑިއާގެ ވައިގެ ސިފައިން ބަހްރެއިން އިންޓަނޭޝަނަލް އެއާ ޝޯގައި ބައިވެރިވެއްޖެ އެވެ. ސަޚިރު އެއާ ބޭސްގައި ބާއްވާ ބަހްރެއިން އިންޓަނޭޝަނަލް އެއާ ޝޯގައި އިންޑިއާގެ ވައިގެ ސިފައިން ބައިވެރިވާއިރު، ސަރަންގް ހެލިކޮޕްޓަރު ޓީމުން އުދުހުންތައް ދައްކާލާނެ އެވެ. 2003 ވަނަ އަހަރު އުފެއްދި ހެލިކޮޕްޓަރ ސަރަންގް ޓީމުން ދައްކާލާނީ ފަސް ހެލިކޮޕްޓަރުގެ ފޯމޭޝަން އެވެ. 2004 ވަނަ އަހަރު ފުރަތަމަ ބައިނަލްއަގްވާމީ ޝޯވ އެއްގައި އެޓީމުން ބައިވެރިވިއެވެ. އެއަށްފަހު ދުނިޔޭގެ 385 ތަނެއްގައި 1،200 އަށް ވުރެ ގިނަ ޑިސްޕްލޭ ދައްކާފައިވެ އެވެ. 2010 ވަނަ އަހަރު އުފެދުނު ބަހްރެއިން އިންޓަނޭޝަނަލް އެއާ ޝޯ އަކީ ޓެކްނޮލޮޖީގެ އާ އުފެއްދުންތައް ދައްކާލުމާއި ކޯޕަރޭޓް އަދި އަސްކަރީ ގުޅުންތައް އާލާކުރުމުގެ މުހިންމު ޕްލެޓްފޯމެކެވެ. އިންޑިއާ އާއި ބަހްރެއިން އާއި ދެމެދު ސަގާފީ، ސިޔާސީ އަދި އިގްތިސާދީ ގޮތުން ފުން ގުޅުންތަކެއް އުފެދިފައި ވެއެވެ.

ގުޅުންހުރި ޚަބަރު