ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ކުޅިވަރުގެ ދާއިރާ 130 ބިލިއަން ޑޮލަރަށް
ދުނިޔެ

ކުޅިވަރުގެ ދާއިރާ 130 ބިލިއަން ޑޮލަރަށް

އއިބްރާހީމްް ސަމީރު17 ނޮވެމްބަރު 2024
އިންޑިއާގެ ކުޅިވަރު ސިނާއަތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ލަފާކޮށްފިއެވެ. ގޫގުލް އާއި ޑެލޮއިޓް އިން ނެރުނު އާ ރިޕޯޓެއްގައި ބުނެފައިވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގެ ކުޅިވަރުގެ ސާމާނުގެ ވިޔަފާރި 130 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. މި ރިޕޯޓުގައި ބުނަނީ، ސަރުކާރުގ ކުޅިވަރަށް ހިތްވަރު ދިނުމުގެ ސިޔާސަތާއި އިންވެސްޓްމަންޓްތައް އިތުރުވުމާއި، މަލްޓި ސްޕޯޓް ކަލްޗަރ ތައާރަފް ކުރުމާއި، ޑިޖިޓަލް ވަސީލަތްތަކަށް ސަމާލުކަން ދިނުންފަދަ ކަންކަމަކީ މި ކުރިއެރުމުގެ މުހިންމު ބައެއް ކަމަށެވެ. އަދި ކުޅިވަރުގެ ދާއިރާއާ ގުޅުންހުރި 10.5 މިލިއަން ވަޒީފާ އުފެދި، ނުސީދާ ޓެކްސްގެ ގޮތުގައި 21 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. ކްރިކެޓްގެ މަގުބޫލުކަން އަދިވެސް ކުރިން އޮތް ގޮތަށް އޮތް ނަމަވެސް ކަބަޑީ އާއި ފުޓްބޯޅަ ފަދަ ކުޅިވަރުތަކަށް ސަމާލުކަން ލިބެމުންދާއިރު، އެދާއިރާތަކަށް ސަޕޯޓުކުރާ  120 މިލިއަނާއި 85 މިލިއަން ސަޕޯޓަރުން އެބަތިބި ކަމަށެވެ. ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ކުރިއެރުމާއެކު ސަޕޯޓަރުންނައި ކުޅިވަރު ކުޅޭ މީހުންނާއި ޚާއްސަކޮށް ޖެން ޒެޑް އާއި ގުޅިފައިވާ މީހުން އުޅޭ ގޮތް ބަދަލުވަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ. ފިޓްނަސް ޓްރެންޑްތަކަށް ޚަރަދުތައް އިތުރުވުމުގެ ސަބަބުން ސްޕޯޓްސް ސާމާނާއި ވަސީލަތްތަކާއި ހެދުމުގެ ބާޒާރުވެސް ދެގުނައަށް އިތުރުވެ، 2030 ވަނަ އަހަރުގެ ނިޔަލަށް 58 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ގުޅުންހުރި ޚަބަރު