ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އެމްއެސްއެމްއީގައި އިންޑިއާ ކުރި ހޯދައިފި
ދުނިޔެ

އެމްއެސްއެމްއީގައި އިންޑިއާ ކުރި ހޯދައިފި

އއިބްރާހީމްް ސަމީރު17 ނޮވެމްބަރު 2024
އިންޑިއާގައި 63 މިލިއަނަށްވުރެ ގިނަ މައިކްރޯ، ސްމޯލް، އެންޑް މީޑިއަމް އެންޓަޕްރައިސަސް (އެމްއެސްއެމްއީ) ހުރިކަމަށް ވެއެވެ. މިއީ ބޮޑެތި އިގްތިސާދުތަކުގެ ތެރެއިން އެންމެ މަތީ އަދަދަކަށް އެސްއެމްއީތައް ގެންގުޯޭ ގައުމެވެ. އިންޑިއއަށް ފަހު ދެން އެސްއެމްއީ އެންމެ ގިނައީ، 52 މިލިއަން އެމްއެމްއީ އާއެކު ޗައިނާއެވެ. އެމެރިކާގެ އެސްއެމްއީގެ އަދަދަކީ 30 މިލިއަން އެވެ. އިންޑިއާގެ އެމްއެސްއެމްއީތަކުން ޖީޑީޕީ އަށް 30  އިންސައްތަ ހިއްސާކުރެއެވެ. އަދި އެއީ އެކްސްޕޯޓްގެ 49 ޕަސެންޓެވެ. އިންޑިއާގެ އެސްއެމްއީތަކުން 111 މިލިއަން ވަޒީފާ އުފައްދާފައި ވެއެވެ. މިއީ ރަށްފުށުގައި 49 މިލިއަން އަދި ސިޓީ ސަރަހައްދުތަކުގައި 61 މިލިއަން ވަޒީފާ އުފައްދާ ދާއިރާއެވެ. އިންވެސްޓްމަންޓާއި މާލީ މަންފާ ލިބޭ މިންވަރަށް ބަލައިގެން ގިންތިކުރެވޭ އިންޑިއާގެ އެމްއެސްއެމްއީތަކަކީ އިގްތިސާދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުނިތަކެކެވެ. ސަރުކާރުން މި ދާއިރާއަށް އެކި ނަންނަމުގައި ލޯނުތައް ދެއެވެ. އެގޮތުން 12 މިލިއަން ޑޮލަރުގެ ކްރެޑިޓް ގެރެންޓީއާއި، ހުނަރު ތަރައްޤީ ކުރުމުގެ ޕްރޮގްރާމްތައް ފަދަ އިސްނެގުންތައް ފާހަގަ ކުރެވެއެވެ. އެމްއެސްއެމްއީ އަކީ 2047 ގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށް ވުމަށް އިންޑިއާ ގެންގުޅޭ ތަސައްވުރު ހާސިލުކޮށްދޭނެ އިންޖީނެކެވެ.

ގުޅުންހުރި ޚަބަރު