ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ބޭރުގެ އިންވެސްޓްމެންޓަށް ގޮންޖެހުންތަކެއް
ދުނިޔެ

ބޭރުގެ އިންވެސްޓްމެންޓަށް ގޮންޖެހުންތަކެއް

އއިބްރާހީމްް ސަމީރު19 ނޮވެމްބަރު 2024
ބޭރުގެ އިންވެސްޓްމަންޓަކީ ޕާކިސްތާނުގެ އިގްތިސާދީ ކުރިއެރުމަށް ވަރަށް މުހިންމު ވަސީލަތެއް ކަމުގައިވި ނަމަވެސް ބޭރުގެ އިންވެސްޓްމެންޓް ލިބުމަށް އަދިވެސް އެގައުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ އެވެ. ޕާކިސްތާނުގެ ފޮރިން އިންވެސްޓްމަންޓް ވަނީ 60 ޕަސެންޓަށް ދަށްވެފައެވެ. 2024-25 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭރުގެ އިންވެސްޓްމެންޓް 1.308 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ޗައިނާ، ސައުދީ އަރަބިއްޔާ، އަދި ޔޫއޭއީގެ އިންވެސްޓްމަންޓްތައް ވަނީ މަދުވެފައެވެ. ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި ބޭރުގެ އިންވެސްޓްމަންޓްތައް ނިސްބަތުން އެއްވަރަކަށް ދަށްވެ، 2021 ވަނަ އަހަރު %21، 2022 ވަނަ އަހަރު %32، އަދި 2023 ވަނަ އަހަރު %25 އަށް ދަށްވެފައިވެއެވެ. ޖީޑީޕީގެ ނިސްބަތުން ޕާކިސްތާނުގެ އިންވެސްޓްމަންޓް އޮތީ 50 އަހަރުގެ ތެރޭގައި އޮތް އެންމެ ދަށް މިންވަރުގައެވެ. އެއީ، %13.1 ގައެވެ. މިއީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އެވްރެޖް ރޭޝިއޯގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ. ޕާކިސްތާން ސަރުކާރުގެ ސްޕެޝަލް އިންވެސްޓްމަންޓް ފެސިލިޓޭޝަން ކައުންސިލުން ކުރި މަސައްކަތުންވެސް މި ޓްރެންޑް ފަހަތަށް ޖެއްސިފައެއް ނުވެއެވެ. އިކޮނޮމިސްޓް ޑރ.ނާދިޔާ ތާހިރު ފާހަގަކުރައްވާ ގޮތުގައި އިންވެސްޓަރުންގެ ތަސައްވުރު ޕާކިސްތާނާމެދު ދަށްވުމާއި، ރެގިއުލޭޓަރީ ހުރަސްތަކާއި، ކޮންސިއުމަރުންގެ މުދާ ގަތުމުގެ ގާބިލުކަން ދަށްވުމަކީ މި ކަމަށް ހިއްސާވާ މުހިންމު މައްސަލަތަކެކެވެ. ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ގަލްފް ގައުމުތަކުން ޕާކިސްތާންގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް މާލީ އެހީތެރިކަން ހޯއްދަވައިފަ އެވެ. ނަމަވެސް ހަރުދަނާ މާނަހުރި އިގްތިސާދީ އިސްލާޙުތައް ތައާރަފްކޮށް ވެރިކަން ރަނގަޅު ނުކުރާހައި ހިނދކު ބޭރުގެ އިންވެސްޓްމަންޓް ހޯދުމަށް ކުރާ މަސައްކަތުން ނަތީޖާއެއް ނުފެންނާނެ ކަމަށް ތަޖުރިބާކާރުން އިންޒާރު ދެއެވެ.

ގުޅުންހުރި ޚަބަރު