ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ދެކުނު އެމެރިކާގެ ގައުމުތަކާ ގުޅުން ބަދަހި ކުރަނީ
ދުނިޔެ

ދެކުނު އެމެރިކާގެ ގައުމުތަކާ ގުޅުން ބަދަހި ކުރަނީ

އއިބްރާހީމްް ސަމީރު19 ނޮވެމްބަރު 2024
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގަޔާނާއަށް ކުރައްވާ ދަތުރުފުޅަކީ އިންޑިއާއާއި ގަޔާނާގެ ގުޅުމުގައި މުހިންމު ދައުރެއް އަދާކުރާ ދަތުރެކެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރަކު ދެކުނު އެމެރިކާއާއި ކެރިބިއަން ސަރަހައްދުތަކާ ގުޅުން ބަދަހިކުރުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ކެރިބިއަން ކޮމިއުނިޓީ (ކެރިކޮމް) ގެ މުހިއްމު މެމްބަރެއްގެ ގޮތުގައި ގަޔާނާ އަކީ ސްޓްރެޓެޖިކް މުހިންމުކަމެއް ލިބިފައިވާ ގައުމެކެވެ. މޯދީގެ މި ދަތުރުފުޅުގެ މަގުސަދަކީ ހަކަތައާއި ވިޔަފާރިއާއި ސަގާފީ ޑިޕްލޮމެސީއާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އިތުރުން ކެރިކޮމްގެ ތެރޭގައި އިންޑިއާގެ ދައުރު ފުޅާކުރުމެވެ. އިންޑިއާ އާއި ގަޔާނާއާ ދެމެދު އޮތް ގުޅުން ފެށިގެން އައީ 19 ވަނަ ގަރުނުގައި މައިގަނޑު ގޮތެއްގައި އުއްތަރު ޕްރަދޭޝް އާއި ބިހާރުގެ އިންޑިއާގެ އިންޑެންޗާ ލޭބަރުން އުއްދަނޑި ހައްދާ ޕްލާންޓޭޝަންތަކުގައި މަސައްކަތް ކުރަން ގެންދިއުމުންނެވެ. މިއަދު އެމީހުންގެ ދަރިކޮޅުގެ މީހުންނަކީ ގަޔާނާގެ އާބާދީގެ %40 އަށްވުރެ ގިނަ މީހުންނެވެ. އިންޑޯ-ގަޔާނާ މީހުންނަކީ މުހިންމު ނަސްލެއްގެ ގޮތުގައި ފާހަގަވާ ބައެކެވެ. އިންޑިއާއާއި ގަޔާނާގެ ޑިޕްލޮމެޓިކް ގުޅުން ރަސްމީކޮށް ގާއިމްކުރީ 1966 ވަނަ އަހަރު ގަޔާނާގެ މިނިވަންކަމަށް ފަހުއެވެ. އިގްތިސާދީ އަދި ފަންނީ އެހީތެރިކަމުގެ ތެރެއިން އިންޑިއާއިން ގަޔާނާއަށް އެހީވެއެވެ. މޮދީގެ މިދަތުރުފުޅަކީ، ދެޤައުމުގެ ތާރީޚީ އަދި ސަޤާފީ ގުޅުން ބަދަހިކޮށް ދެޤައުމުގެ އެއްބާރުލުން ބަދަހިވެގެންދާނެ ދަތުރެއް ކަމަށް ބެލެވެއެވެ.

ގުޅުންހުރި ޚަބަރު