ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ކެނެޑާގެ އިމިގްރޭޝަން ޕޮލިސީ ބަހުސަކަށް
ދުނިޔެ

ކެނެޑާގެ އިމިގްރޭޝަން ޕޮލިސީ ބަހުސަކަށް

އއިބްރާހީމްް ސަމީރު21 ނޮވެމްބަރު 2024
ކެނެޑާގެ އިމިގްރޭޝަން އަދި ޚާރިޖީ ސިޔާސަތާ ގުޅިގެން ކުރީގެ ބޮޑުވަޒީރު ސްޓީވަން ހާޕަރ ފާޑު ވިދާޅުވެއްޖެއެވެ. އަބްރަހަމް ގްލޯބަލް ޕީސް އިނިޝިއޭޓިވް އިން އިންތިޒާމްކޮށްގެން ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ހާޕަރ ގޮވާލައްވަނީ އިންޑިއާ ދަރިކޮޅުގެ ހަމަނުޖެހުން އުފައްދާ ޚާލިސްތާނީ މީހުން ފަދަ ބައިބައިވުން އުފެދޭ ޖަމާއަތްތަކަށް ކެނެޑާއިން ފުރުސަތު ދިނުން ހުއްޓާލުމަށެވެ. 2006 އިން 2015 އަށް ކެނެޑާގެ ލީޑަރުކަން ކުރެއްވި ހާޕާ ވަނީ ކެނެޑާގެ އިމިގްރޭޝަން ނިޒާމު އަލުން ވަޒަން ކުރަން ޖެހޭ ކަމަށް ފާހަގަކުރައްވާފައެވެ. އަދި ކެނެޑާއަށް އެތެރެވާ ފަރުދުން ސްކްރީން ކުރާ ގޮތާ މެދު ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ. އޭނާ ވިދާޅުވީ، ހަނގުރާމައާއި ހަމަނުޖެހުމަށް ހިތްވަރުދޭ މީހުންނަށް ފުރުސަތު ނުދިނުމަށެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ ޚާއްސަކޮށް ޚާލިސްތާނީ ޓެރަރިސްޓެއް ކަމަށްވާ ހަރުދީޕް ސިންގް ނިޖާރު މަރާލުމުގައި އިންޑިއާގެ އެޖެންޓުންނާ ދެކޮޅަށް ކެނެޑާއިން ތުހުމަތުތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި އެމައްސަލާގައި އިންޑިއާއާ ކެނެޑާގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. ހާޕަރގެ ވެރިކަމުގައި އިންޑިއާ ކެނެޑާގެ ގުޅުން ބަދަހިވެގެން ދިޔައެވެ.

ގުޅުންހުރި ޚަބަރު