ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
މިއަހަރު ސައޫދީގައި ގިނަ ބަޔަކު މަރާލައިފި
ދުނިޔެ

މިއަހަރު ސައޫދީގައި ގިނަ ބަޔަކު މަރާލައިފި

އއިބްރާހީމްް ސަމީރު21 ނޮވެމްބަރު 2024
އޭއެފްޕީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސައުދީ އަރަބިއްޔާއިން މިއަހަރު 101 ބިދޭސީ ރައްޔިތަކަށް މަރުގެ ހުކުމް ތަންފީޒުކޮށްފައި ވެއެވެ. މިއީ އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މަރުގެ ހުކުމް ތަންފީޒު ކުރި ފަހަރެވެ. ސައުދިގައި މަރުގެ ހުކުމް ތަންފީޒު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ޕާކިސްތާނުގެ 21 މީހުންނާއި ޔަމަނުގެ 20 މީހުންނާއި ސީރިއާގެ 14 މީހުންނާއި ނައިޖީރިއާގެ 10 މީހުންނާއި މިސްރުގެ ނުވަ މީހުންނާއި އުރުދުންގެ އަށް މީހަކާއި އިތިއޮޕިއާގެ ހަތް މީހުންނެވެ. އެންމެ ފަހުން މަރުގެ އަދަބު ދިނީ ހޮނިހިރު ދުވަހު ނަޖުރާންގައެވެ. އެއީ، މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއް ކަމަށް ސައުދީ ޕްރެސް އެޖެންސީން ބުނެ އެވެ. މި އަދަދަކީ 2023 ވަނަ އަހަރާއި 2022 ވަނަ އަހަރު ވެސް ރެކޯޑްކުރެވުނު ބިދޭސީންގެ 34 މަރުގެ ހުކުމްގެ އަދަބަށް ވުރެ މާ ބޮޑު އަދަދެކެވެ.

ގުޅުންހުރި ޚަބަރު