ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޖީ20ގައި ސަމާލުކަން ދިނީ ފަގީރުކަން ކުޑަކުރުމަށް
ދުނިޔެ

ޖީ20ގައި ސަމާލުކަން ދިނީ ފަގީރުކަން ކުޑަކުރުމަށް

އއިބްރާހީމްް ސަމީރު21 ނޮވެމްބަރު 2024
ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބޭއްވި ޖީ20 ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވާހަކަފުޅު ދައްކަވަނީ ފަގީރުކަމާއި ބަނޑުހައިހޫނުކަމާ ދެކޮޅަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނެވެ. އޭނާ އިއުލާން ކުރެއްވީ ފާއިތުވި ދިހަ އަހަރު ތެރޭގައި އިންޑިއާ އިން 250 މިލިއަން މީހުން ފަގީރުކަމުން ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި 800 މިލިއަނަށް ވުރެ ގިނަ ރައްޔިތުންނަށް ހިލޭ ކާބޯތަކެތި ލިއްބައިދޭ އިރު، ދުނިޔޭގެ އެންމެ ބޮޑު ހެލްތު އިންޝުއަރެންސް ޕްރޮގްރާމްގެ ފައިދާ 550 މިލިއަނަށް ވުރެ ގިނަ ރައްޔިތުންނަށް ލިބެމުންދާ ކަމަށެވެ. މޯދީ ވަނީ ބަނޑުހައިހޫނުކަމާއި ފަގީރުކަމާ ދެކޮޅަށް ބްރެޒިލުން ކުރާ މަސައްކަތަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. އޭނާ ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމަށް ހައްލެއް ހޯދުމަށް ސަގާފީ އުސޫލުތަކާއި ޒަމާނީ އުސޫލުތައް އެއްކޮށްލައިގެން އިންޑިއާއިން ގެންގުޅޭ ސިޔާސަތަށްވެސް އަލިއަޅުވާލައްވާ ފައެވެ. އަދި އަންހެނުންނަށް އިސްކަންދޭ ތަރައްގީގެ މަސައްކަތްތައް ކުރުމަށް އިންޑިއާއިން އަޅާފައިވާ ފިޔަވަޅުތަކާއި 60 މިލިއަން އިސް ރަށްވެހިންނަށް ހިލޭ ހެލްތު އިންޝުއަރެންސް ދިނުމަށް ކުރާ މަސައްކަތަށްވެސް އަލިއަޅުވާލައްވާފައެވެ.

ގުޅުންހުރި ޚަބަރު