ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޗައިނާގައި ކްރިޕްޓޯގެ ރިޝްވަތުގެ މައްސަލައެއް
ދުނިޔެ

ޗައިނާގައި ކްރިޕްޓޯގެ ރިޝްވަތުގެ މައްސަލައެއް

އއިބްރާހީމްް ސަމީރު22 ނޮވެމްބަރު 2024
ޗައިނާ ސެންޓްރަލް ބޭންކުގެ ކުރީގެ އޮފިޝަލަކު ކްރިޕްޓޯ ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ. ޕީޕަލްސް ބޭންކް އޮފް ޗައިނާގެ ކުރީގެ އޮފިޝަލެއް ކަމަށްވާ އަދި ޑިޖިޓަލް ކަރަންސީ ރިސާޗްގެ ދާއިރާގައި ކުރިއަރާފައިވާ މީހެއް ކަމަށްވާ ޔާއޯ ކިއަން  ވަނީ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ރިޝްވަތު ގަބޫލުކޮށްފައެވެ. ޗައިނާގެ ކޮރަޕްޝަން މައްސަލަ ބަޅާ އިދާރާއިން ވަނީ ޗައިނާ ސެކިއުރިޓީޒް ރެގިއުލޭޓަރީ ކޮމިޝަން (ސީއެސްއާރުސީ) ގައި ޔާއޯގެ ދައުރުގައި "ވަރަށް ބޮޑަށް ގަވާއިދާ ޚިލާފު އަމަލުތައް ހިންގާފައިވާ" ކަމަށް ތުހުމަތުކޮށްފަ އެވެ. ޑޭޓާއާއި ސައިބަރ ސެކިއުރިޓީއާއި މާލީ ގަވާއިދުތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލު ވެފައިވާ އިރު އޭނާ ވަނީ ރިޝްވަރުގެ މުގާބިލުގައި އެކަންކަމަށް އިހުމާލު ވެފައެވެ. އޭނާ ރިޝްވަތު ގެ ގޮތުގައި ހޯދާފައިވާ ކްރިޕްޓޯ ކަރަންސީއެވެ. މިއީ ޗައިނާގައި ޑިޖިޓަލް ފައިސާއާ ގުޅުން ހުރި ފުރަތަމަ ކޮރަޕްޝަންގެ މައްސަލަ އެވެ. ޗައިނާއިން ކްރިޕްޓޯއާ ގުޅުން ހުރި ގަވާއިދާ ޚިލާފް ހަރަކާތްތަކަށް ހަރުކަށިކޮށް ފިޔަވަޅު އަޅަމުން ދެއެވެ.

ގުޅުންހުރި ޚަބަރު