ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ލާއޯސް ދަރަނިވެރިވެއްޖެ
ދުނިޔެ

ލާއޯސް ދަރަނިވެރިވެއްޖެ

އއިބްރާހީމްް ސަމީރު22 ނޮވެމްބަރު 2024
ލާއޯސް އަކީ ކޮމިއުނިސްޓް ގައުމެކެވެ. ޗައިނާއިން އިން ވަނީ ހައިސްޕީޑް ރޭލްވޭއާއި ޓީވީ ސްޓޭޝަނާއި ސިފައިންގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ގައި އިންވެސްޓް ކޮށްފައެވެ. ޗައިނާއަށް އަދާ ކުރަން ޖެހިފައިވާ ބޮޑު ދަރަންޏެއްގެ ސަބަބުން ލާއޯސް އަށް ވަނީ ދަރަނީގެ ބުރަ އުފުލަން ޖެހިފައެވެ. އޭގެ އިތުރުން އެ ޤައުމުގެ އިންފްލޭޝަންވެސް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. ކާބޯތަކެތީގެ އަގުތައް ބޮޑުވަމުން އަންނަ ވަރަކަށް އިތުރު އާއިލާތަކުން ކާނާ ހޯދުމަށް އެހެން ގޮތް ގޮތް ހޯދަން މަޖުބޫރު ވެއެވެ. ވެރިރަށް ވިއެންޓިއަން މާކެޓްތަކުގައި ވިޔަފާރިވެރިން ބުނާ ގޮތުގައި ވިޔަފާރި މިހާ ބޮޑަށް މީގެ ކުރިން ދުވަހަކުވެސް ވަޅު ޖެހިފައެއް ނުވެއެވެ. އާއިލާތަކުން ދަނީ އެމީހުންގެ އަތުގައި ހުރި ފައިސާގެ އަގު ހަލުވިކަމާއެކު ވެއްޓެމުންދާތަން ބަލަމުންނެވެ. ކޮވިޑް-19 ފަދަ ދުނިޔޭގެ ކާރިސާތަކާއި ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުން ފަދަ ކަންކަމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުގައި އަގުތައް ވަނީ މައްޗަށް ގޮސްފައެވެ. ލާއޯސް އަށް ވެސް ވަނީ އިންފްލޭޝަން ކޮންޓްރޯލް ކުރަން އަޅާނެ ފިޔަވަޅުތައް ހުސްވެފައވެ.

ގުޅުންހުރި ޚަބަރު