ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ޓައިވާނަށް ރައްކާތެރި މުވާސަލާތީ ގޮތްތައް ހޯދަނީ
ދުނިޔެ

ޓައިވާނަށް ރައްކާތެރި މުވާސަލާތީ ގޮތްތައް ހޯދަނީ

އއިބްރާހީމްް ސަމީރު22 ނޮވެމްބަރު 2024
ޓައިވާނާއި ބޭރު ދުނިޔެއާ ގުޅެނީ ކަނޑުއަޑިން އަޅާފައިވާ 15 ކޭބަލެއް މެދުވެރިކޮށެވެ. މިއީ ޗައިނާއާ 200 ކިލޯމީޓަރު (124 މޭލު) ދުރުގައި އޮންނަ ޖަޒީރާއަށް ނާޒުކު މުވާސަލާތީ ނިޒާމެކެވެ. ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު ބިޔަ ލަޝްކަރު އޮތް އަދި އެންމެ ބޮޑު ކަނޑުގެ ސިފައިންގެ  މަނަވާއި ވަސީލަތްތައް އޮތް ގައުމެވެ. ބެއިޖިންއާ އެކު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ޓައިވާންގެ ލީޑަރުން ވަނީ މުވާސަލާތީ ނިޒާމުތައް ހަރުދަނާ ކުރުމަށާއި އެ ނިޒާމު ރައްކާތެރި ކުރާނެ ގޮތްތަކެއް ހޯދުމަށް މަޖުބޫރު ވެފައެވެ. އެމީހުން ބޭނުންވަނީ ހަނގުރާމައެއް ހިނގައިފިނަމަ ތައިވާނުގެ މުވާސަލާތީ ނިޒާމަށް ބުރޫ ނާރައި މަސައްކަތް ކުރާނެ ގޮތެއް ހޯދާށެވެ. ޔޫކްރޭންގެ ތަޖުރިބާއަކީ ޓައިވާނަށް އެކަމުގެ  ބޮޑު މިސާލެކެވެ. ޔޫކްރޭނަށް ރަޝިޔާގެ ހަމަލަތައް ދޭން ފެށިފަހުން މިހާރު ގާތްގަނޑަކަށް  1000 ދުވަސް ވެފައިވެއެވެ. ރަޝިޔާގެ ހަމަލަތަކުން ޔުކްރެއިންގެ ގްރައުންޑް ސިސްޓަމްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، ޔުކްރެއިން ވަނީ މުވާސަލާތު ގެ ނިޒާމު އަލުން ދިރުވައި އާލާކޮށްފައެވެ. ޔުކްރެއިންއަށް މިކަން ކުރެވުނީ އެލޮން މަސްކްގެ ކުންފުނި ސްޕޭސްއެކްސްގެ ސެޓެލައިޓް ނެޓްވޯކެއް ކަމަށްވާ ސްޓާލިންކް މެދުވެރިކޮށެވެ. މިއީ ޓައިވާނުންވެސް މިހާރު ވިސްނަމުންދާ މައްސަލައެކެވެ. އަދި ތައިވާނަށް ކުރިމަގުގައި މުވާސަލާތު ނުގެއްލި އުޅެވޭނެ ގޮތެއް ކަމަށް ބަލާފައިވާ ގޮތެވެ.

ގުޅުންހުރި ޚަބަރު