ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އާސާމް ސެމީކޮންޑަކްޓަރ މަރުކަޒަކަށް
ދުނިޔެ

އާސާމް ސެމީކޮންޑަކްޓަރ މަރުކަޒަކަށް

އއިބްރާހީމްް ސަމީރު22 ނޮވެމްބަރު 2024
އާސާމްގައި ހަދާފައިވާ ސެމީކޮންޑަކްޓަރ އެސެމްބްލީ އެންޑް ޓެސްޓް ފެސިލިޓީއަށް އެހީތެރިވުމުގެ ގޮތުން ސްޓޭޓް ސަރުކާރުން ދަނީ ވަރުގަދަ ސެމީކޮންޑަކްޓަރ ޕްރޮޑަކްޝަން އިކޯސިސްޓަމެއް ތަރައްޤީ ކުރަމުންނެވެ. ސްޓޭޓް ސަރުކާރުން ވަނީ 150 އަށް ވުރެ ގިނަ ސަޕްލައި ކުރާ ފަރާތްތަކާ ގުޅިގެން މި މަޝްރޫއަށް 61 އަށް ވުރެ ގިނަ ރޯ މެޓީރިއަލް ހޯދުމަށް އެސްއެމްއީތައް ބައިވެރިކޮށްފައެވެ. މި އިސްނެގުމަކީ އެސްއެމްއީތައް ބާރުވެރިކޮށް، ސިނާއީ ތަރައްގީއަށް ސްޓޭޓްގެ ސަޕްލަޔަރުން ބައިވެރިވުމަށް ހިތްވަރު ދީ، ދުނިޔޭގެ ސެމީކޮންޑަކްޓަރ ސަޕްލައި ޗޭންގައި އާސާމްގެ މަގާމު ހަރުދަނާ ކުރުމަށް ގެންގުޅޭ ސްޓްރެޓެޖީއެއްގެ ބައެކެވެ. މި ސެމީކޮންޑަކްޓަރ ފެސިލިޓީއަކީ، ޓާޓާ ގްރޫޕުން 27،000 ކްރޯޑް ރުޕީސް އިންވެސްޓް ކޮށްގެން ބިނާކޮށްފައިވާ ފެސިލިޓީއެކެވެ. އެ ފެސިލިޓީން ދުވާލަކު 48 މިލިއަން ސެމީކޮންޑަކްޓަރ ޗިޕް އުފައްދާނެ ކަމަށް ލަފާކުރެވެ އެވެ. އެއީ، އޮޓޯމޯޓިވް، އިލެކްޓްރިކް ވެހިކަލް، ޓެލެކޮމިއުނިކޭޝަން، އަދި ކޮންސިއުމަރ އިލެކްޓްރޯނިކްސް ފަދަ ދާއިރާތަކަށް މުހިންމު ތަކެއްޗެވެ. 2025 ވަނަ އަހަރުގެ މެދުތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި ފެސިލިޓީގެ ސަބަބުން އާސާމްގެ ސިނާއީ މަންޒަރު ބަދަލު ވެގެން ދާނެ ކަމަށް ބެލެވެއެވެ. އަދި ސްޓޭޓްގައި ވަޒީފާގެ ބޮޑެތި ފުރުސަތުތައް އުފެދިގެންދާނެ ކަމަށް ވެސް ބެލެވެ އެވެ.

ގުޅުންހުރި ޚަބަރު