ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ދިފާއީ ޚަރަދުތައް އިތުރުކުރުމަށް އެމެރިކާއިން ނިންމައިފި
ދުނިޔެ

ދިފާއީ ޚަރަދުތައް އިތުރުކުރުމަށް އެމެރިކާއިން ނިންމައިފި

އއިބްރާހީމްް ސަމީރު22 ނޮވެމްބަރު 2024
ޗައިނާއާ އެކު ކުރިމަތިވެދާނެ ހަނގުރާމައަކަށް ތައްޔާރުވުމަށްޓަކައި އެމެރިކާގެ ޑިފެންސް ޚަރަދުތައް ޖީޑީޕީގެ %3 އަށްވުރެ މައްޗަށް އިތުރުކުރުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ޕާޓީގެ ގްރޫޕަކުން ސަރުކާރަށް އިލްތިމާސްކޮށްފި އެވެ. ކޮންގްރެސްގައި މި ލަފާ ދީފައިވަނީ ސެންޓަރ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) އިން 2026 ވަނަ އަހަރަށް ބޭއްވި މުސްތަގްބަލުގެ ހާލަތުގެ ސިނަރިއޯ އެކްސަސައިޒެއްގެ ތެރެއިންނެވެ. ޗައިނާއާ ބެހޭ ހައުސް ސެލެކްޓް ކޮމިޓީން ބައިވެރިވި މި ހަރަކާތުގައި ބެއިޖިން އިން އެމެރިކާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލާފައިވެ އެވެ. އެމެރިކާގެ އޮފިޝަލުން ވަނީ 2027 ވަނަ އަހަރަކީ އެމެރިކާއާއި ޗައިނާގެ ގުޅުމުގެ މުހިންމު ހޫނުކަން ބޮޑު އަހަރަކަށް ވާނެ ކަމަށް ލަފާ ކޮށްފައެވެ. އަދި އެ އަހަރު ޓައިވާނަށް ޗައިނާއިން ބޮޑު އަސްކަރީ ނުރައްކަލެއް ކުރިމަތި ކޮށްފާނެ މުހިންމު އަހަރެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ގުޅުންހުރި ޚަބަރު