ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޚާލިސްތާން ހަރަކާތާ ގުޅިގެން އާ ބަހުސެއް ފަށައިފި
ދުނިޔެ

ޚާލިސްތާން ހަރަކާތާ ގުޅިގެން އާ ބަހުސެއް ފަށައިފި

އއިބްރާހީމްް ސަމީރު22 ނޮވެމްބަރު 2024
ޚާލިސްތާން ހަރަކާތަކީ އަބަދުވެސް ޚިޔާލު ތަފާތުވުން ބޮޑު މައުޟޫއެކެވެ. ޚާލިސްތާން ހަރަކާތަކީ ސިކުންގެ ދީނީ ހަރަކާތެއް ކަމަށްވާއިރު އެއީ، ހަރުކަށި ދީނީ ބައެއް އޭގައި ހިމެނޭ ހަރަކާތެކެވެ. ދެކޮޅުވެރިން ސިފަކުރާ ގޮތުގައި ޚާލިސްތާނީ ހަރަކާތަކީ "ބަދަލު ހިފުމާއި އަނިޔާވެރިކަމުން ބާރުލިބިގެން ދާ ހަރަކާތެއް" ކަމަށާއި، މިއީ ސިކުންގެ މުޖުތަމައުގެ ހަގީގީ ކަންބޮޑުވުންތަކާ ގުޅުމެއް ނެތް ހަރަކާތެއް ކަމަށް ބުނެފައެވެ. ދެކޮޅުވެރިން ބުނާ ގޮތުގައި މިހާރު ޚާލިސްތާނީ ހަރަކާތުގެ ވާހަކަ އެންމެ ގިނައިން ދެކެވޭ ކެނެޑާގައި ހަރަކާތްތެރިވާ ލީޑަރުން ސިކުންގެ އައިޑެންޓިޓީ ބޭނުން ކުރަނީ ސިޔާސީ ފައިދާ އާއި ބޭރުގެ ފައިސާ ހޯދާށެވެ. އަދި ހަމަނުޖެހުމަށް ވާގިވެރިވާން ބޭނުންވާ ފަރާތްތަކުން އެހަރަކާތް ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭ ކަމަށް ޚާލިސްތާނީ ހަރަކާތަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ޚާލިސްތާނީ ހަރަކާތަކީ އަނިޔާވެރިކަމާ ގުޅިފައިވާ ހަރަކާތެއް ކަމަށާއި އޭގެ ތެރޭގައި 1985 ވަނަ އަހަރު އެއާ އިންޑިއާ މަތިންދާބޯޓަށް ދިން ބޮމުގެ ހަމަލާގައި 329 މީހުން މަރުވެފައިވާ ހާދިސާ ހަނދާނަށް ގެނެވެއެވެ.

ގުޅުންހުރި ޚަބަރު