ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ކާރު އުފައްދާ ކުންފުނިތައް އުވުގެން ދާނެ
ދުނިޔެ

ކާރު އުފައްދާ ކުންފުނިތައް އުވުގެން ދާނެ

އއިބްރާހީމްް ސަމީރު22 ނޮވެމްބަރު 2024
ޗައިނާގެ އީވީ އުފައްދާ ކުންފުނި އެކްސްޕެންގްގެ ސީއީއޯ ހެ ޝިއާއޮޕެންގް ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި ޗައިނާގެ ކާރު ސިނާއަތަށް ބޮޑެތި ލޮޅުންތަކެއް އަންނާނެ އެވެ. ދަ ސްޓްރެއިޓްސް ޓައިމްސްއާ ވާހަކަ ދައްކަވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި ކުރިން ފެށި 300 ސްޓާޓްއަޕްގެ ތެރެއިން މިހާރު ބާޒާރުގައި ހަރަކާތްތެރި ވަނީ 50 އަށް ވުރެ މަދު ކާރު އުފައްދާ ކުންފުނިތަކެކެވެ. އަދި އެކުންފުނިތަކުން އަހަރަކު އުޅަނދު ވިއްކަނީ އެންމެ 40 ކުންފުންޏެވެ. އޭނާ ލަފާކުރާ ގޮތުގައި ދިގު މުއްދަތަކަށް ބާޒާރުގައި ދެމި އޮވެވޭނީ އެންމެ ހަތް ކުންފުންޏަކަށެވެ. އަދި އެކުންފުނިތައް ކާމިޔާބު ވާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ބާރު އަޅާނަމައެވެ. ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކުން ކޮލިޓީއާއި ހިދުމަތުގައި ދުނިޔޭގެ މިންގަނޑުތަކާ އެއްފެންވަރެއްގައި ހިފަހައްޓަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެކްސްޕެންގްގެ މައި އޮފީސް ހުންނަނީ ގުއަންޒޯގައެވެ. އެއީ ޗައިނާގެ އީވީ މާކެޓްގައި ލީޑަރެކެވެ.

ގުޅުންހުރި ޚަބަރު