ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ބެލެސްޓިކް މިސައިލް ހަމަލާ ޕުޓިން ކަށަވަރު ކޮށްދެއްވައިފި
ދުނިޔެ

ބެލެސްޓިކް މިސައިލް ހަމަލާ ޕުޓިން ކަށަވަރު ކޮށްދެއްވައިފި

އއިބްރާހީމްް ސަމީރު22 ނޮވެމްބަރު 2024
ނިއުކްލިއާ އުފުލުގެ ގާބިލުކަން ލިބިފައިވާ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ޔޫކްރޭނަށް ހަމަލާއެއް ދިންކަން ޕޫޓިން ކަށަވަރުކޮށްދެއްވައިފިއެވެ. ކްރެމްލިންގެ ތަރުޖުމާން ޕެސްކޯވް ވިދާޅުވަނީ މި ހަމަލަ ދިނުމުގެ ކުރިން ރަޝިޔާއިން އެމެރިކާއަށްވެސް އަދި އެހެން އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެ ކަމަށެވެ. ރަޝިޔާއިން ބެލެސޓިކް މިސައިލުން ހަމަލަ ދިނީ ޔުކްރެއިންގެ ޑްނެޕްރޮޕެޓްރޯވްސްކް ގެ ހަތިޔާރު ފެކްޓްރީއަކަށެވެ. ރަޝިޔާގެ ލީޑަރު ވިދާޅުވީ މިއީ ޓެސްޓް ލޯންޗެއް ކަމަށެވެ. އަދި މި ޓެސްޓް ލޯންޗަކީ ރަޝިޔާއަށް އަމާޒުކޮށްގެން އެމެރިކާއާއި އިނގިރޭސިވިލާތުގެ ދުރުރާސްތާ ގެ މިސައިލްތަކަށް ރައްދުދޭ  ދިނުމެއް ކަމަށެވެ. ރަޝިޔާއިން މި މިސައިލް ތަރައްޤީ ކުރަމުން މިދަނީ، ޔޫރަޕާއި އޭޝިއާ ޕެސިފިކް ސަރަޙައްދުގައި މެދު އަދި ކުރު ރާސްތާގެ މިސައިލް އުފައްދައި ޑިޕްލޮއި ކުރުމަށް އެމެރިކާއިން ރާވާފައިވާ ޕްލޭންތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ޕޫޓިން ވިދާޅުވިއެވެ. ރަޝިޔާއިން ބޭނުން ކޮށްފައިވާ އޮރެޝްނިކް މިސައިލްތަކުގެ ސްޕީޑް މެކް 10 އަށް އަރައެވެ. އެއީ އަޑަށް ވުރެން އެތައް ގުނަ ބާރަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެވެ. ރަޝިޔާގެ ރައީސް އިތުރަށް ވިދާޅުވީ ރަޝިޔާގެ ސިފައިން ބެލިސްޓިކް މިސައިލް ބޭނުން ކުރުމުގެ ކުރިން އާންމުންނަށް ކުރިން އިންޒާރު ދޭނެ ކަމަށެވެ.

ގުޅުންހުރި ޚަބަރު