ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މަރުވަމުންދާ ތަރިއެއްގެ ފޮޓޯއެއް ނަގައިފި
ދުނިޔެ

މަރުވަމުންދާ ތަރިއެއްގެ ފޮޓޯއެއް ނަގައިފި

އއިބްރާހީމްް ސަމީރު22 ނޮވެމްބަރު 2024
އަހަރެމެންގެ މިލްކީވޭގެ ބޭރުގައި އޮންނަ ގެލެކްސީއެއްގައި މަރުވަމުންދާ ތަރިއެއްގެ ކްލޯޒް އަޕް ތަސްވީރެއް ސައިންސްވެރިން ވަނީ ނަގާފައެވެ. ޑަބްލިޔުއޯއެޗް ޖީ64 ގެ ނަމުން މަޝްހޫރު މި ތަރި އޮންނަނީ އަހަރެމެންގެ ގެލެކްސީގެ އެންމެ ގާތް އެއް އަވަށްޓެރިއެއް ކަމަށް ބެލެވޭ އާދަޔާ ހިލާފު ޑްވާފް ގެލެކްސީއެއް ކަމަށްވާ ބޮޑު މެޖެލަނިކް ކްލައުޑްގަ އެވެ. ބޮޑު މެޖެލަނިކް ކްލައުޑް އޮންނަނީ ސްވޯޑްފިޝް ކޮންސްޓެލެޝަންގައެވެ.  މި މެޖެލަނިކް ކްލައުޑް ވިލާގަނޑާއި ދުނިޔެއާ ދެމެދު އޮންނަ ދުރުމިނަކީ ގާތްގަނޑަކަށް 163،000 އަލި އަހަރު ކަމަށް ލަފާކޮށްފައި ވެއެވެ. މިއީ ސެޖިޓޭރިއަސް ޑްވާރފް އަދި ކެނިސް މޭޖަރ ގެލެކްސީތަކަށްފަހު މިލްކީވޭއާ އެންމެ ކައިރިން ތިންވަނަ ގެލެކްސީ އެވެ.

ގުޅުންހުރި ޚަބަރު