ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޓިކްޓޮކްގެ އަގު 300 ބިލިއަންގައި
ދުނިޔެ

ޓިކްޓޮކްގެ އަގު 300 ބިލިއަންގައި

އއިބްރާހީމްް ސަމީރު22 ނޮވެމްބަރު 2024
ޓިކްޓޮކްގެ ވެރިޔާ ޗައިނާގެ ބައިޓްޑާންސް ކުންފުނިން ލަފާކުރާ ގޮތުގައި ޓިކްޓޮކްގެ އަގު 300 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފިއެވެ. މި އަދަދަކީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބައިޓްޑާންސްއިން ލަފާ ކުރި އަދަދާ އެއްގޮތް އަދަދެކެވެ. އެކަމަކު އޭގެ އަހަރެއް ފަހުން ކުންފުނީގެ އަގު %26 ދަށްވެ، 223 ބިލިއަން ޑޮލަރަށް އެރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޑޮނަލްޑް ޓްރަމްޕް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު، އެމެރިކާގައި ޓިކްޓޮކްގެ ކުރިމަގު ރަނގަޅުވެދާނެ ކަމަށް ބެލެވެއެވެ. ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި އިޒްރޭލާ ދެކޮޅު ވީޑިއޯތައް އާންމު ޙަމާސްއާއި މުސްލިމުންނަށް ސަޕޯޓު ކުރާ ވީޑިއޯ އާންމު ވުމުން އެކުންފުންޏަށް އެމެރިކާއިން ފިއްތުން ބޮޑު ކުރިއެވެ.

ގުޅުންހުރި ޚަބަރު