ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޗައިނާއަށް ޓްރަމްޕް ދަތިކުރާނެ
ދުނިޔެ

ޗައިނާއަށް ޓްރަމްޕް ދަތިކުރާނެ

އއިބްރާހީމްް ސަމީރު24 ނޮވެމްބަރު 2024
ޓްރަމްޕްގެ ދެވަނަ ރިޔާސީ ދައުރުން ޗައިނާގެ އިގްތިސާދަށާއި ވިޔަފާރިތަކަށް ކުރާނެ އަސަރަށް ބަލާއިރު، އޭނާގެ ކެމްޕޭން ވައުދުތަކާ އެއްގޮތަށް އެމެރިކާއަށް އިމްޕޯޓްކުރާ ހުރިހާ އެއްޗަކުން ހެން އެމެރިކާއިން ޑިއުޓީ ނަގާނެ ކަމަށް ބެލެވެއެވެ. ދުނިޔެ ވިޔަފާރީގެ ހަނގުރާމައަކަށް ވަނުމަށް ފުރުސަތު އޮތްކަމަށް ބެލެވޭއިރު، މުހައްލިލުން ދެކެނީ ޗައިނާއިން އެމެރިކާގެ ހުރަސްތައް ފަހަނައަޅައި ދާނެ ގޮތްތައް ހޯދާނެ ކަމަށެވެ. ދުނިޔޭގެ ސޯލާ މާކެޓް ކޮންޓްރޯލު ކުރަނީ ޗައިނާއިންނެވެ. ސޯލާ ޕެނަލް އުފެއްދުމުގެ ޗޭންގެ ކޮންމެ މަރުހަލާއެއްގައި ވެސް ޗައިނާގެ ހިއްސާ 80 ޕަސެންޓަށް ވުރެ މަތިވާ ކަމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީން ބުނެ އެވެ. މިދިޔަ އަހަރު ޗައިނާއިން ވަނީ ރެކޯޑް އަދަދަކަށް 227 ގިގަވޮޓްގެ ސޯލާ ޕެނަލް އެކްސްޕޯޓްކޮށްފައެވެ. މިއީ އެމެރިކާގައި އިންސްޓޯލްކޮށްފައިވާ ސޯލާ ކެޕޭސިޓީއަށް ވުރެ ގިނަ އަދަދެއްގެ ސޯލާ ޕެނަލް ތަކެކެވެ. އެމެރިކާއިން މިދިޔަ އަހަރު އެތެރެކުރި 54 ގިގަވޮޓްގެ ސޯލާ ޕެނަލްގެ ތެރެއިން 1 ޕަސެންޓަށް ވުރެ މަދު އަދަދެއްގެ ސޯލާ ޕެނަލް އައީ ޗައިނާއިންނެވެ. 2019 ވަނަ އަހަރު ޖަޕާނުގެ އޮސާކާގައި ބޭއްވި ޖީ20 ގެ ލީޑަރުންގެ ސަމިޓުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ޓްރަމްޕްގެ ބައްދަލު ކުރެއްވުމުގައި ސޯލާ ޕެނަލަށް ޑިއުޓީ އެމެރިކާއިން ނަގަން ނިންމިއެވެ. މިކަމުގެ ސަބަބުން ޗައިނާގެ ބައެއް ކުންފުނިތަކުން ހަލުވިކަމާއެކު ގައުމުން ބޭރަށް ސަޕްލައި ޗޭން ބަދަލުކޮށް ފުޅާކުރުމަށް ބާރުއެޅިއެވެ. އެމެރިކާގެ ސަރުކާރުގެ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި މި ފިޔަވަޅަކީ، އެމެރިކާގެ ޑިއުޓީތަކުން ދުރުހެލިވުމަށް ކުރާ މަސައްކަތެކެވެ.

ގުޅުންހުރި ޚަބަރު