ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ސެބްމެރިން ކޭބަލް މައްސަލާގައި ޗައިނާ ބަދުނާމު ކޮށްފި
ދުނިޔެ

ސެބްމެރިން ކޭބަލް މައްސަލާގައި ޗައިނާ ބަދުނާމު ކޮށްފި

އއިބްރާހީމްް ސަމީރު25 ނޮވެމްބަރު 2024
ބޯލްޓިކް ކަނޑުގެ އަޑިން ކަނޑައިގެން ދިޔަ އިންޓަރނެޓް ކޭބަލްގެ ހާދިސާ ހިނގި ސަރަހައްދުން ޗައިނާގެ ބޯޓެއް ފެނިފައިވާ މއްސަލަ ޑެންމާކުގެ ކަނޑުގެ ސިފައިންގެ ޕެޓްރޯލް އުޅަނދަކުން މޮނިޓާ ކުރަން ފަށައިފިއެވެ. ބުރި ވެގެން ދިޔަ ކޭބަލަކީ، ފިންލޭންޑް، ޖަރުމަން، ސްވިޑެން، އަދި ލިތުއޭނިއާގެ އިންޓަނެޓް ކަނެކްޓިވިޓީއަށް މުހިންމު ކޭބަލްތަކެކެވެ. މިކަމުގެ ސަބަބުން ޗައިނާގެ ބޯޓުގެ ހަރަކާތްތަކާ މެދު ޝައްކު އުފެދޭ ކަމަށް ބުނެ ފާރަލާފައި ވެއެވެ. މެރިންޓްރެފިކް ޑޮޓްކޮމް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާގެ ނިންގްބޯގައި ރަޖިސްޓްރީކޮށްފައިވާ ޔީ ޕެންގް 3 ދަތުރުކޮށްފައި ވަނީ ޑެންމާކުގެ ކަނޑުގެ ސިފައިންގެ ޕެޓްރޯލް އުޅަނދެއް ކަމަށްވާ ޕީ525 ކައިރިން ލައިގެންނެވެ. އަދި ޑެނިޝް ނޭވީގެ ދެވަނަ ބޯޓެއް ކަމަށްވާ ޑައިވިން އޮޕަރޭޝަންތަކަށް ސަޕޯޓްކުރާ ބޯޓެއް ކަމަށްވާ ސޮލޮވެން ވެސް އެ ސަރަހައްދު ބަލާ ފާސްކުރަން ފަށާފައި ވެއެވެ. މެރިންޓްރެފިކް ޑޮޓްކޮމް އަދި ވެސެލްފިންޑަރ ފަދަ ވެބްސައިޓްތަކުން ލިބުނު މެރިން ޓްރެފިކް ޑޭޓާއިން ދައްކާ ގޮތުގައި ޔީ ޕެންގް 3 މިހާދިސާ ހިނގާފައިވާ ސަރަހައްދާއި ވަރަށް ގާތުން ދަތުރުކޮށްފައި ވެއެވެ. މި ބޯޓު ފާސްކޮށްފައި ވާކަމެއް ނުވަތަ މި ކަމާ ގުޅިގެން އެއްވެސް އިންވެސްޓިގޭޝަނެއް ހިންގާފައިވާ ކަމެއް ނުވަތަ ނޫންކަމެއްވެސް ޑެންމާކުން ހާމަކޮށްފައެއް ނުވެއެވެ. ޗައިނާގެ ބޯޓާ ކޭބަލްތަކަށް ލިބުނު ގެއްލުމާ ރަސްމީކޮށް ކަމާބެހޭ ފަރާތްތަކުން ގުޅުވާފައި ނުވި ނަމަވެސް އޭގެ ހަރަކާތްތައް ސްވިޑެން އަދި ފިންލޭންޑްގެ އިންވެސްޓިގޭޓަރުން ވެސް ވަރަށް ގާތުން ބަލަމުންނެވެ. އެކި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބޯޓުގެ މައްސަލަ ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ޚަބަރު