ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އަންހެނުންނަށް ކުރާ އަނިޔާ ދަނީ އިތުރު ވަމުން
ދުނިޔެ

އަންހެނުންނަށް ކުރާ އަނިޔާ ދަނީ އިތުރު ވަމުން

އއިބްރާހީމްް ސަމީރު27 ނޮވެމްބަރު 2024
ދުނިޔޭގެ ފެންވަރުގައި އަންހެނުންނަށް އަނިޔާ ލިބެނީ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެންމެ ނުބައި ވަސީލަތްތަކުންނެވެ: ރޭޕް، ޖިންސީ އަނިޔާ، އަންހެނަކަށް ވީތީ ކުރާ އަނިޔާ، ފަދަ ޖަރީމާތަކަކީ އަންހެނުންގެ އަމިއްލަ ވަންތަކަން ނަގާލާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކެވެ. ޔުނިސެފްގެ އަންދާޒާތަކުން ދައްކާ ގޮތުގައި މިއަދު އުމުރުން 18 އަހަރުގެ ކުރިން ރޭޕް ނުވަތަ ޖިންސީ އަނިޔާ ތަހައްމަލުކޮށްފައިވާ 370 މިލިއަނަށް ވުރެ ގިނަ އަންހެނުންނާއި އަންހެން ކުދިން ދުނިޔޭގައި އެބަ ތިއްބެވެ. ދެކުނު އޭޝިއާގައި އެންމެ ގިނައިން މިކަމުގެ ޝިކާރައަކަށްވާ އަންހެނުންނާއި އަންހެން ކުދިން ގިނަ ޕާކިސްތާންގައި މިދިޔަ ތިން އަހަރު ތެރޭގައި އަންހެނުންނަށް ކުރާ އަނިޔާގެ 63،000 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ؛ ގިނަ މައްސަލަތައް ހާމަނުވާ ކަމަށް ސަރުކާރުން ބުނެއެވެ. އޮގަސްޓް މަހު ޕާކިސްތާނުގެ ލޯ އެންޑް ޖަސްޓިސް ކޮމިޝަނުން ވަނީ މުޅި ޕާކިސްތާންގައި އަންހެނުންނަށް ކުރާ އަނިޔާ އިތުރު ވެފައިވާ ކަމުގެ ބިރު ފާޅުކޮށްފައެވެ. އެ އިދާރާގެ ރިޕޯޓް، އަންވެލިންގް ޝެޑޯސް: އެން އޮވަރވިއު އޮފް ޖެންޑަރ ބޭސްޑް ވައިލެންސް ކޭސްސް،2023  އިން ހާމަކޮށްފައިވާ ގޮތުގައި އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ބެކްލޮގް މިހާރު 81 ޕަސެންޓް އިތުރުވެފައިވެއެވެ. ސިޔާސީ ހަމަނުޖެހުމާއި އިޖުތިމާއީ އިގްތިސާދީ ދަތިކަމުގެ ވަގުތުތަކުގައި އަންހުންނަށް ކުރާ އަނިޔާގެ ހާދިސާތައް އިތުރު ވެއެވެ. އަދި ކޮންމެ ދެ މިނެޓަކުން ރޭޕް ކުރާ ކަމަށް ބުނ ޝަކުވާތައްވެސް އިތުރު ވެފައި ވެއެވެ. ޖިންސީ އަނިޔާތަކަށް ޕާކިސްތާންގައި ކުށް ސާބިތުވުމުގެ ނިސްބަތަކީ 5 ޕަސެންޓެވެ. އަދި ކުށުން ބަރީއަވުމުގެ ނިސްބަތް ވަނީ  64 ޕަސެންޓަށް އިތުރު ވެފައެވެ.

ގުޅުންހުރި ޚަބަރު