ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އިންޑިއާއިން ޒެމްބިއާއަށް މެޑިކަލް ސާމާނު ސަޕްލައި ކޮށްދީފި
ދުނިޔެ

އިންޑިއާއިން ޒެމްބިއާއަށް މެޑިކަލް ސާމާނު ސަޕްލައި ކޮށްދީފި

އއިބްރާހީމްް ސަމީރު1 ޑިސެމްބަރު 2024
ޒެމްބިއާއަށް ސިއްހީ ހިދުމަތުގެ ނިޒާމަށް އެހީތެރިވުމަށް އިންޑިއާއިން މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދީފިއެވެ. އިންޑިއާއާއި ޒެމްބިޔާއަށް ފޮނުވާ މެޑިކަލް ސާމާނުގެ ކޮންސައިންމަންޓް މުމްބާއީން ފޮނުވާލާފައި ވަނީ އިއްޔެއެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ އިންޑިއާ-ޒެމްބިއާ ގެ ވަރުގަދަ ޕާޓްނަޝިޕްގެ ދަށުން، ޒެމްބިއާއަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް އިންޑިއާއިން ފޮނުވައި ދީފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި، ހޮސްޕިޓަލް އެނދާއި އޮޕަރޭޝަން ތިއޭޓަރުގެ މޭޒުތަކާއި އެތަނަށް ބޭނުންވާ ސާމާނުތަކާއި، ތުއްތު ކުދިންގެ ވޯޑަށް ބޭނުންވާ އިންކިއުބޭޓަރުތަކާއި ކުޑަ ކުދިން ނޭވާލެއްވުމަށް ބޭނުންކުރާ ނިޒާމާއި ހޭނެއްތުމަށް ބޭނުންވާ ސާމާނާއި މެޝިނަރީތަކާއި އަދި އެނޫނަސް މެޑިކަލް ސަޕްލައިގެ ސާމާނުތައް ހިމެނޭ ކަމަށެވެ. އިންޑިއާއިން މިތަކެތި ފޮނުވާފައި ވަނީ ކަނޑުމަގުންނެވެ. އިންޑިއާއާއި ޒެމްބިއާއަކީ ވިޔަފާރީގެ ގޮތުން ގުޅިފައިވާ ދެ ޤައުމެވެ. އަދި އިންޑިއާގައި އިންޑިއާގެ ކުންފުނިތަކުން އިންފްރަސްޓްރަކްޗަރ މަޝްރޫއުތަކުގައި މަސައްކަތް ކުރެއެވެ.

ގުޅުންހުރި ޚަބަރު