ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ދަނޑުވެރިކަމަށް މަސްނޫއީ ސިކުނޑިން އިންގިލާބެއް ގެނެސްދެނީ
ދުނިޔެ

ދަނޑުވެރިކަމަށް މަސްނޫއީ ސިކުނޑިން އިންގިލާބެއް ގެނެސްދެނީ

އއިބްރާހީމްް ސަމީރު1 ޑިސެމްބަރު 2024
އިންޑިއާގެ ދަނޑުވެރިކަމަށް ދިމާވާ  މައްސަލަތައް ހައްލު ކުރުމަށް ބެންގަލޫރުގެ ކުންފުނިތަކުން މަސްނޫއީ ސިކުނޑީގެ ބޭނުން ހިފަން ފަށައިފިއެވެ. ބެންގަލޫރުގެ ކުންފުނިތަކުން، އޭއައި އަށް ބިނާކޮށް ހުށަހަޅައިދޭ ހައްލުތަކުގެ ތެރެއިން އިންޑިއާގެ ދަނޑުވެރިކަމުގައި ދިމާވާ މޫސުމީ ގޮންޖެހުންތަކާއި ނާކާމިޔާބީތައް ހައްލު ކުރުމަށް އެގްރިކަލްޗަރަލް ޓެކްނޮލޮޖީގެ ސްޓާޓްއަޕް ހަބެއްގެ ގޮތުގައި ފައިލޯ ފަދަ ކުންފުނިތަކުން މަސައްކަތް ކުރެއެވެ. ފައިލޯ ފަދަ ކުންފުނިތަކުން ބިމުގެ ފަސްގަނޑު މުއްސަނދިކުރުމާއި ވަގުތުން މޫސުން ބަލައިދިނުމާއި ދަނޑުވެރިކަމުގެ މަތިވަރަށް ދިމާވާ ގެއްލުންތައް މޮނީޓާކޮށްދޭ ސެންސަރުތައް ފޯރުކޮށްދެއެވެ. އިންޑިއާގެ 10،000 ދަނޑުވެރިން މި ސެންސަރުތައް ބޭނުން ކޮށްގެން ދަނޑުވެރިކަން ކުރަމުން ދެއެވެ. އަދި އެހެން ސްޓާޓްއަޕެއް ކަމަށްވާ ބީޕްރެސިސް އަކީ، މާ ޖޯޣު ކުރުވުމަށް ބޭނުންވާ ކޮކާއާއި މާބުރު ރައްކާތެރި ކޮށްދޭ އޭއައި ސްޓާޓްއަޕެކެވެ. މިކަމަކީ އައު ޚަރަދުތައް ދަނޑުވެރިން ކުރަން ޖެހޭ ދާއިރާއެއް ކަމުގައި ވިނަމަވެސް، މީޙުން އޭއައިގެ ބޭނުން ހިފައެވެ. ބެންގަލޫރަކީ މިފަދަ ސްޓާޓްއަޕް ދެވަނައަށް އިންޑިއާގައި އެންމެ ގިނަ  މަރުކަޒެވެ. އޭގެ އިތުރުން އޮޓޮމެޓިކް ވަސީލަތް ބޭނުންކޮށްގެން ފެންދިނުމާއި، ފަނިފަކުސަ މޮނިޓާކުރުން ފަދަ ކަންކަމުގެ އިންޑިއާގެ ދަނޑުވެރިކަމަށް ދެމެހެއްޓެނިވި މުސްތަގުބަލެއް ލިބޭނެ ކަމަށް ލަފާ ކުރެވެއެވެ. ބެންގަލޫރުގައި ފައިލޯ އާއި ބީޕްރެސިސް ފަދަ އެގްރީ ޓެކް ސްޓާޓްއަޕްތަކުން ދަނީ ދަނޑުވެރިކަމުގައި އައު ވިސްނުމަކާއި ޕެސްޓް ކޮންޓްރޯލް އަދި ފެން ދިނުމުގެ ނިޒާމުތައް ވަގުތުން ބޭނުން ކުރުމަށް މީހުންނަށް ބޮޑު އެހިއަކަށް ވަމުންނެވެ. މީޑިއއިން ބުނާ ގޮތުގައި އިންޑިއާގައި، އެގްރިޓެކް ނޫނީ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީއާ ބެހޭ 211 ސްޓާޓްއަޕް މިހާރުވެސް ކަރްނާޓަކާގައި ހިންގަމުން ގެންދެއެވެ.

ގުޅުންހުރި ޚަބަރު