ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ބަންގްލަދޭޝްގެ ބައިމަދު މީހުންގެ ހާލަތާ ބެހޭ ވާހަކަތައް
ދުނިޔެ

ބަންގްލަދޭޝްގެ ބައިމަދު މީހުންގެ ހާލަތާ ބެހޭ ވާހަކަތައް

އއިބްރާހީމްް ސަމީރު1 ޑިސެމްބަރު 2024
ބަނގްލަދޭޝްގެ ވަގުތީ ސަރުކާރުގައި އެގައުމުގެ ބައިމަދު ހިންދޫންނާ ދެކޮޅުވެރި އަމަލުތައް އިތުރު ވަމުންދާ ކަމަށް ގިނަ ރިޕޯޓްތައް ބުނަން ފަށައިފިއެވެ. އަދި އިންޑިއާގައިވެސް މިކަމާ ދެކޮޅަށް މުޒާހަރާތައް ކޮށް ބަނގްލަދޭޝްގެ ދިދަ އަންދަމުން ދެއެވެ. މިހިނދު އިންޑިއާގައި މުސްލިމުންނާ ދެކޮޅަށްވެސް ކޮންމެ ދުވަހަކުވެސް ދެކޮޅުވެރިކަމުގެ އަމަލުތައް ހިންގުން އާންމު ކަމަކަށް ވެފައި ވެއެވެ. ބަނގްލަދޭޝްގެ ބައިމަދު މީހުންނާ ދެކޮޅަށް ވަގުތީ ސަރުކާރުން ކުރާ ކަންކަމަށް ފާޑުކިޔަމުން، ޖެނީވާގައި އިއްޔެވެސް މުޒާހަރާވެސް ކޮށްފައި ވެއެވެ. މުޒާހަރާ ކުރި މީޙުން ވަނީ ބަނގްލަދޭޝްގެ ސަރުކާރު ކުށްވެރިކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ގޮވާލީ 1971 ވަނަ އަހަރު މިނިވަންކަމުގެ ހަރަކާތުން އަނިޔާވެރިކަމާ ދެކޮޅަށް ކުރިއަށް ގެންދިޔަ އުސޫލުތަކަށް އިހުތިރާމްކޮށް، ސެކިއުލަރ އަދި ހުރިހައި ދީންތައް ހިމެނޭ، ބަންގްލަދޭޝްއެއް އުފެއްދުމަށެވެ.

ގުޅުންހުރި ޚަބަރު