ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އިންޑޯޕެސިފިކްގައި ޗައިނާ
ދުނިޔެ

އިންޑޯޕެސިފިކްގައި ޗައިނާ

އއިބްރާހީމްް ސަމީރު1 ޑިސެމްބަރު 2024
ދުނިޔޭގެ ވިޔަފާރި ދަތުރުކުރާ މުހިންމު ސަރަހައްދެއް ކަމަށްވާ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ދުނިޔޭގެ އިގްތިސާދުތަކަށް އަސަރުކުރާ ސްޓްރެޓެޖިކް ބާރެއް އަށަގަންނަމުންދާ ތަން ދަނީ ފެންނަމުންނެވެ. އިންޑޯ ޕެސިފިކް ގައި މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމަށް، އެކުލަވާފައިޥާ ޖަމާއަތަކީ، ކުއޯޑެވެ. މި ޖަމާއަތަކީ، މިނިވަންކަމާއެކު އިންޑޯ ޕެސިފިކްގައި ދަތުރު ފަތުރު ކުރުމަށް މަގުފަހިކޮށް ދިނުމާއި، ސައިބަރ ސެކިއުރިޓީއާއި، ތިމާވެށި ހިމާޔަތްކުރުމާއި، ކާރިސާއަށް އިޖާބަ ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވުމެވެ. ކުއޯޑްގައި ހިމެނެނީ، އެމެރިކާ، އިންޑިއާ، ޖަޕާން، އަދި އޮސްޓްރޭލިއާއެވެ. އިންޑިއާއަކީ، އިންޑިއާ ކަނޑުގައި ހިމެނޭ މި ޖަމާއަތުގެ ބޮޑު ބާރެވެ. ނަމަވެސް ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރުއައި) އާއެކު ޗައިނާއިން ދަނީ މި ދެ ސަރަހައްދުގައިވެސް ނުފޫޒު ވަރުގަދަ ކުރަމުންނެވެ. އެގޮތުން ޕާކިސްތާންގެ ގަވަދާރް ބަނދަރާއި ސްރީލްނކާގެ ހަމްބަންޓޯޓާ ބަނދަރު ފަދަ ސްޓްރެޓެޖިކް ބަނދަރުތަކުގެ ކޮންޓްރޯލް ހޯދުމުން ޗައިނާއިން ވަނީ ސަރަހައްދުގައި މުހިންމު ބާރަކަށްވެފައެވެ. ޗައިނާއާ ކުރިމަތި ލުމަށް އިންޑިއާއިން ދަނީ ދުރުގައި ހިމެނޭ ޤައުމުތަކާއެކު އަސްކަރީ އަދި ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ޕާޓްނާޝިޕް ވަރުގަދަ ކުރަމުންނެވެ. ޗައިނާއަށް ކުރިމަތިވާ ގޮންޖެހުންތައްވެސް މަދެއް ނޫނެވެ. އޭގެ ތެރޭގައި އިޤްތިސާދުގެ ހީނަރުކަން ހމެނެއެވެ. އަދި އާބާދީ އާލާނުވުން ފަދަ ކަންކަމަކީ ޗައިނާއަށް އޮތް ސީދާ ގޮންޖެހުންތަކެކެވެ. އެއާ ޚިލާފަށް އިންޑިއާގެ އިގްތިސާދުގެ ދުވެލި މިވަގުތަށް ހަލުއި ވެފައި ވުމާއި، އިންޑިއާގައި އިންވެސްޓް ކުރުން އިތުރުވުމުން ވަރުގަދަ ވާދަވެރިކަމެއް އިންޑިއާއިން ދަނީ ދައްކަމުންނެވެ. އެއާއެކު އިންޑޯޕެސިފިކްގައި ސްޓްރެޓެޖިކް ވާދަވެރިކަމަކާއި، ވިޔަފާރީގެ މަގުތައް ކޮންޓްރޯލު ކުރުމާއި އިޤްތިޞާދީ ހަމަޖެހުން ބައްޓަންކުރުމުގައި އިންޑިއާއިން ކުޅޭ ދައުރު މުހިންމު ވެފައި ވެއެވެ.

ގުޅުންހުރި ޚަބަރު