ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
ޝިންޖިއާން ކޯލާ ދެލި އެކްސްޕޯޓު ކުރުމުގެ އައު މަސްދަރަކަށް
ދުނިޔެ

ޝިންޖިއާން ކޯލާ ދެލި އެކްސްޕޯޓު ކުރުމުގެ އައު މަސްދަރަކަށް

އއިބްރާހީމްް ސަމީރު1 ޑިސެމްބަރު 2024
ޗައިނާގެ ކޯލް އުފެއްދުމުގެ ހަތަރު ވަނަ ހަބެއްގެ ގޮތުގައި ޝިންޖިއާންގެ ހުޅަނގު ސަރަހައްދު ފާހަގަ ވެއެވެ. އެ ސަރަހައްދުގެ ކޯލް އަގު ހެޔޮވެ  ސަޕްލައިގެ މަރުކަޒަކަށް ވެއްޖެއެވެ. މިއަހަރު ކޯލާ ދެލި އުފެއްދުން 22 ޕަސެންޓް އިތުރުވެފައިވާއިރު، މިއީ ޗައިނާގެ އެއްވެސް ސަރަހައްދެއްގައި ކުރިން ފެނިފައި ނުވާ  ވަރުގެ ތަރައްގީއެކެވެ. ޑިސެމްބަރު މަސް ނިމޭއިރު ބައި ބިލިއަން ޓަނުގެ މޭލުގާ ފަހަނައަލައި ދާނެ ކަމަށް ޗައިނާގެ ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި ސަރަހައްދުގައި ކޯލާ ދެލި އުފެއްދުމުގެ ހަރަދު ހެޔޮ ވެފައި ގާތްގަނޑަކަށް 100 ޔުއާން (13.80 ޑޮލަރު) އަށް ޓަނެއް ޖެހެއެވެ. މިއީ ޗައިނާގެ ގައުމީ އެވްރެޖްގެ ގާތްގަނޑަކަށް 370 ޔުއާން އަށް ވުރެ މާ ދަށް އަގެއް ކަމަށް ސިޓީގްރޫޕް އިން ބުނެ އެވެ.

ގުޅުންހުރި ޚަބަރު