ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޖަޕާނުގައި އަންހެނުން ވެރިކަން ކުރާ ކުންފުނިތައް
ދުނިޔެ

ޖަޕާނުގައި އަންހެނުން ވެރިކަން ކުރާ ކުންފުނިތައް

އއިބްރާހީމްް ސަމީރު3 ޑިސެމްބަރު 2024
ޖަޕާނުގައި އަންހެނުން އިސް ދައުރު އަދާކުރާ ކުންފުނިތަކުގެ ނިސްބަތް ކުޑަކޮށް އިތުރު ވެއްޖެއެވެ. 2024 ވަނަ އަހަރު އަންހެނުން ހިންގާ ކުންފުނިތަކުގެ ނިސްބަތަކީ، %8.4 އެވެ. އޭގެ ކުރީ އަހަރު އެނިސްބަތް އުޅުނީ %8.3 ގައެވެ. މިއީ 2020ގައި އެންމެ 8 ޕަސެންޓްގައި އޮތުމަށްފަހު މަޑުމަޑުން މަތިވަމުންދާ ނިސްބަތެކެވެ. ނަމަވެސް1990 ވަނަ އަހަރުން ފެށިގެން މި ނިސްބަތް ވަނީ ގާތްގަނޑަކަށް ދެގުނައަށް އިތުރުވެފައެވެ. މިމައުލޫމާތު ހާމކޮށްފައި ވަނީ އަމިއްލަ ވިޔަފާރީގެ ޑޭޓާ ބަލަހައްޓާ ޓެއިކޯ ޑޭޓާބެންކުންނެވެ. އަންހެނުން އިސްކޮށް ހަރަކާތްތެރިވާ ކުންފުނިތަކުގެ ރިޕޯޓު އެކުލަވާލާފައިވަނީ 1.19 މިލިއަން ކުންފުނި ހިމެނޭ ލިސްޓަކުންނެވެ.

ގުޅުންހުރި ޚަބަރު