ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އިގްތިސާދަށް ހުރަސް އެޅޭނީ މަސައްކަތް ކުރާނެ މީހުން ނެތުމުން
ދުނިޔެ

އިގްތިސާދަށް ހުރަސް އެޅޭނީ މަސައްކަތް ކުރާނެ މީހުން ނެތުމުން

އއިބްރާހީމްް ސަމީރު4 ޑިސެމްބަރު 2024
ޗައިނާގެ ޖިއާންގްސޫ ޕްރޮވިންސްގެ ޒޫޒޯގެ ފެންގް ކައުންޓީގައި ހުންނަ ކޮމިއުނިސްޓް ޕާޓީގެ ސޯޝަލް ވޯކް ޑިޕާޓްމަންޓުން ކުރި ސާވޭއެއްގައި ދައްކަނީ، އެ ޕްރޮވިންސްގައި ހުނަރުވެރިންގެ މަދުކަމާއި އަދި މީހުން ގިނަ ވަގުތު ވަޒީފާ އަދާ ކުރަން ޖެހިފައިވާ ކަމާއި އޭގެ ބަދަލުގައި އެމީހުންނަށް ލިބޭ އާމްދަނީގެ މަދުކަމެވެ. އެހެންވެ، ސޯޝަލް ވޯކް ޑިޕާޓްމަންޓުން ވަނީ މީހުންނަށް މުސާރައާއި އިނާޔަތްތައް އިތުރު ކުރުމަށް ގޮވާލާފައެވެ. މި ޕްރޮވިންސްގައި ހޯދި ހޯދުންތައް، ކޮމިއުނިސްޓް ޕާޓީގެ ޕީޕަލްސް ޑެއިލީގެ އޮންލައިން ވަރޝަންގައި ޝާއިއުކޮށްފައި ވެއެވެ. ނަމަވެސް މިކަމާ މެދު ޚިޔާލު ތަފާތުވެ ބަހުސްތައް ގިނަވުމުގެ ސަބަބުން ސަރުކާރުން ވަނީ އެ ލިޔުމުގެ ތަފްސީލު ނަގައި ހަމައެކަނި ޚުލާސާއެއް ގެނަސްދީފައެވެ. ކޮމިއުނިސްޓް ޕާޓީގެ ދަށުން ހިންގާ ސޯޝަލް ވޯކް ޑިޕާޓްމަންޓަކީ އާންމުންގެ ޝަކުވާތަކާއި ގްރާސްރޫޓް ގަވަރނަންސް ހަރުދަނާ ކުރުމަށާއި ޕާޓީގެ ވަސީލަތްތައް ބިނާކުރުމާއި ވޮލަންޓިއަރުން ގެ މަސައްކަތް ވިލަރެސް ކުރުމަށް މިދިޔަ އަހަރު އުފެއްދި ޕާޓީގެ ގުނަވަނެކެވެ.

ގުޅުންހުރި ޚަބަރު