ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ދެހާސް ސައުވީސް: ޕާކިސްތާނަށް ބަނަ އަހަރެއް
ދުނިޔެ

ދެހާސް ސައުވީސް: ޕާކިސްތާނަށް ބަނަ އަހަރެއް

އއިބްރާހީމްް ސަމީރު4 ޑިސެމްބަރު 2024
އެތައް ގޮތަކުން ބަލާއިރު 2024 ވަނަ އަހަރަކީ ޕާކިސްތާނަށް އާދަޔާ ޚިލާފު ނާކާމިޔާބީތަކަކާ ކުރިމަތިވި އަހަރެކެވެ. އިގްތިސާދު އަނދަވަޅަކަށް ވެއްޓުމުން، އައިއެމްއެފްގެ އިތުރު ބެއިލްއައުޓެއް ހޯދަން ޖެހުނު އަހަރެކެވެ. އައު ސަރުކާރެއް ވެރިކަމަށް އައި ނަމަވެސް މެދުނުކެނޑި މުޒާހަރާތަކާ ކުރިމަތިލާންވެސް ޖެހުނު އަހަރެކެވެ. އޭގެ އިތުރުން އެކި ސަރަހައްދުތަކުގައި ޓެރަރިސްޓް ހަމަލާތަކާއި މަގުމަތީގެ ޖަރީމާތައްވެސް ގިނައިން ފެނުނު އަހަރެކެވެ. ލާހޯރާއި އެހެން ބޮޑެތި ސިޓީތަކުގައި ދުން ބޯވެ ވައި ނުސާފުވެ، އާދަޔާ ޚިލާފަށް ފިނި ގަދަވެފައި ވެއެވެ. މި ހުރިހައި ކަމެއް މިހެން ހުއްޓައި އިތުރަށް ހާސްކުރުވީ ޕޯލިއޯގެ އިތުރު ކޭސްތައް މެދު ނުކެނޑި ފެންނަން ފެށުމުންނެވެ 2023 ވަނަ އަހަރު ޕޯލިއޯގެ އެންމެ ހަ ކޭސް ރެކޯޑް ކުރެވިފައިވާ އިރު، 2024 ގައި ޕޯލިއޯގެ މަދުވެގެން 56 ކޭސް ރެކޯޑް ކުރެވިފައި ވެއެވެ. އަދި އިތުރު ކޭސްތައް ޑިސެމްބަރު މަހު ފެންނާނެ ކަމަށް ވެސް ލަފާ ކުރެވެއެވެ. ޕާކިސްތާންގައި ޕޯލިއޯގެ ކޭސްތައް އިތުރު ވަނީ، ވެކްސިން ދިނުމަށް މީހުން ދެކޮޅު ހަދަމުން ދިއުމާ ގުޅިގެންނެވެ. މިހާތަނަށް އެފަދަ 43،000 އަށް ވުރެ ގިނަ މީހުން ފާހަގަކޮށް ރެކޯޑް ކޮށްފައި ވެއެވެ. ގްލޯބަލް ޕޯލިއޯ އެރެޑިކޭޝަން އިނިޝިއޭޓިވް (ޖީޕީއީއައި) ގެ މިނިވަން މޮނިޓަރިން ބޯޑު (އައިއެމްބީ) އިން ސެޕްޓެމްބަރު މަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން 2024 ވަނަ އަހަރު މުޅި ޕާކިސްތާންގައި ކުރިއަށް ގެންދިޔަ އިމިއުނައިޒޭޝަން ކެމްޕޭންތަކުގައި ބޭނުން ކުރަން ނިންމާފައިވާ ހަތަރު މިލިއަނަށް ވުރެ ގިނަ ވެކްސިން ގެއްލިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. ޕާކިސްތާންގައި އެންމެ ގިނައިން، ޕޯލިއޯ ކޭސްތައް ފެންނަނީ، ބަލޫޗިސްތާނާއި ޚައިބަރު ޕަޚްތުންޚްވާ، އިންނެވެ.

ގުޅުންހުރި ޚަބަރު