ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޗައިނާއިން ފުޅަނދުތައް ބޭނުން ކޮށްގެން ފިލިޕީންސަށް ތުރާކުރަނީ
ދުނިޔެ

ޗައިނާއިން ފުޅަނދުތައް ބޭނުން ކޮށްގެން ފިލިޕީންސަށް ތުރާކުރަނީ

އއިބްރާހީމްް ސަމީރު5 ޑިސެމްބަރު 2024
ފިލިޕީންސްގެ ޕަގަސާ ޖަޒީރާގެ ކައިރިއަށް ޗައިނާގެ މަސްވެރި މިލީޝިއާ ފުޅަނދު ޖަމާކޮށްފިއެވެ. މި ޖަޒީރާއަކީ މަޝްހޫރު ތީޓޫ ޖަޒީރާގެ ނަމުން މަޝްހުރު ޖަޒީރާވެސް މެއެވެ. ސެޓެލައިޓް ފޮޓޯތައް ދިރާސާ ކުރުމުން ފެންނަނީ، ޗައިނާގެ މަސްވެރި މިލީޝިއާ ފުޅަނދުގެ 83 މަސްވެރިކަން ކުރާ ބޯޓު އެޖަޒީރާ ކައިރިއަށް އެއްވެފައިވާ ތަނެވެ. މިއީ ފިލިޕީންސްގެ ކަނޑިގެ ސިފައިންނަށްވެސް ކޮންޓްރޯލު ކުރެވޭނެ އަދަދެއް ނޫން ކަމަށް އޮބްޒާވަރުން ބުނެއެވެ. ދެކުނު ޗައިނާ ކަނޑިގެ ސަރަހައްދާއި އެ ކަނޑިގެ ޖަޒީރާތަކާ ބެހޭ ގޮތުން ޗައިނާއާއި އަވަށްޓރިންނާ ދެމެދު ޒުވާބު ހިނގަމުން ދެއެވެ. ފިލިޕީންސަކީ އެންމެ ބޮޑަށް ޗައިނާގެ ހަމަލަތަކުގެ ޝިކާރައަކަށްވެފައިވާ ޤައުމެވެ. އެމެރިކާގެ ވައިގެ ސިފައިންގެ ކުރީގެ އޮފިޝަލަކާއި ސްޓެންފޯޑް ޔުނިވާސިޓީގެ މެރިޓައިމް ޓްރާންސްޕޭރެންސީ ޕްރޮޖެކްޓް ސީލައިޓްގެ ފަރާތުން ވަނީ މިދިޔަ މި ހިސާބުގައި އުޅުނު އުޅަނދުތަކުގެ ހަރަކާތްތައް ދިރާސާކުރުމަށް ސެޓެލައިޓް އިމޭޖްތައް ބަލައި އެކަން ކަށަވަރުކޮށްދީފަ އެވެ. އެފަރާތުން ރިޕޯޓު ކުރިގޮތުގައި، ޗައިނާގެ 75 ބޯޓު ހަރަކާތެތެރިވީ، ތުޓޫ ޖަޒީރާއާ 2 ނޯޓިކަލް މޭލު ދުރުންނެވެ. އެ އެބީޓޫތަކުގެ ހަރަކާތްތަކަށް ބަލާއިރު. ފިލިޕީންސްގެ ސަރަހައްދުގެ 12 ނޯޓިކަލް މޭލު އެތެރޭގައި އެ ބޯޓުތައް އުޅުނެވެ. އޮބްޒާވަރުން ބުނާ ގޮތުގައި މިއީ ފިލިޕީންސްގެ ސަރަހައްދަށް ވަން އެންމެ ބިޔަ ފުޅަނދެވެ. ތީޓޫ ޖަޒީރާއަކީ، ކަލަޔާން އަތޮޅުގެ އެންމެ ބޮޑު ޖަޒީރާއެވެ. އަދި ޗައިނާގެ އުނދަގުލުން އެ އަތޮޅު ސަލާމަތް ކޮށް ސިޔާދަތު ކަށަވަރު ކުރުމަށް ފިލިޕީންސްއިން 500 މީހުންވެސް ތީޓޫގައި ބައިތިއްބާފައި ވެއެވެ. ޗައިނާއިން މިތަންތަނަށް ދައުވާ ކުރެއެވެ. ނަމަވެސް ބައިނަލްއަޤްވާމީ ކޯޓޫން 2016 ވަނަ އަހަރު ހުކުމް ކޮށްފައިވަނީ ޗައިނާއަށް އެތަންތަނަށް ސިޔާސަތެއް ލިބިގެން ނުވާ ކަމަށެވެ.

ގުޅުންހުރި ޚަބަރު