ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޗަންކޭ ބަނދަރު: ޕެރޫގެ އާ ޚިޔާލުތަފާތުވުންތަކެއް
ދުނިޔެ

ޗަންކޭ ބަނދަރު: ޕެރޫގެ އާ ޚިޔާލުތަފާތުވުންތަކެއް

އއިބްރާހީމްް ސަމީރު8 ޑިސެމްބަރު 2024
ދެކުނު އެމެރިކާގެ ގައުމުތަކުގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ބުނަމުން ޗައިނާއިން ވަނީ ޕެރޫގައި ޗައިނާއިން ހެދި ބަނދަރު ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އިފްތިތާޙު ކޮށްފައެވެ. މިއީ މިހިސާބުގައި ކޮށްފައިވާ އެންމެ ބޮޑު އިންވެސްޓްމެންޓެވެ. އަދި ޗައިނާއިން ދުނިޔޭގެ ދެކުނު ބިތުގައި ކޮށްފައިވާ އެންމެ ބޮޑު އިންވެސްޓްމެންޓެވެ. ޕެރޫގެ ޗަންކޭ ބަނދަރަކީ، ޗައިނާއިން ބުނާ ގޮތުގައ ޕެރޫގެ އިތުރުން އިކުއެޑޯރާއި އެހެން ކައިރި ޤައުމުތަކަށްވެސް ބޭނުން ކުރެވޭ ގޮތަށް އެގައުމުތަކުގެ މުދާ އެމެރިކާއަށް ޓްރާންސިޓު ކުރުމަކާ ނުލައި ބޭރު ކުރެވޭ ގޮތަށް ހަދާފައިވާ ބަނދަރެކެވެ. މި ބަނދަރު ހުޅުވުމުގައި އެންމެ ބޮޑަށް ފާހަގަ ވެފައި ވަނީ ޗައިނާގެ ޑާންސަރުން، ޑްރެގަން ކޮސްޓިއުމްގައި ބައިވެރިވެފައިވާ މަންޒަރެކެވެ. ޗައިނާއިން ވަނީ މި ބަނދަރު ހެދުމަށް 1.3 ބިލިއަން ޑޮލަރު ޚަރަދު ކޮށްފައެވެ. ދުރުގައި ތިއްބަވައިގެން ބަނދަރު އިފްތިތާޙު ކޮށްދެއްވީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި ޕެރޫގެ ރައީސް ދީނާ ބޮލޫއާޓޭ އެވެ. ޕެރޫގެ ބަނދަރަކީ ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއްވެސް އުފެދިފައިވާ މައްސަލައެވެ. މަސްވެރިން ބުނާ ގޮތުގައި ބަނދަރު ހަދާފައި ވަނީ ކުރިން އެމީހުން މަސްވެރިކަން ކުރަން ބޭނުން ކުރި ހިސާބުގައެވެ. އެކަމުގެ ސަބަބުން އެމީހުންގެ މަސްވެރިކަމަށް ގެއްލުން ވެފައިވާ ކަމަށެވެ. އެއާ ޚިލާފަށް ސަރުކާރުން ބުނަނީ، ބަނދަރުގެ ސަބަބުން ޗާންކޭގެ ރައްޔިތުންނަށް ވަޒީފާތަކާއި އިގްތިސާދީ ކުރިއެރުން ފަހިވަނެ ކަމަށެވެ. ނަމަވެސް މަސްވެރިކަމަށް ބަރޯސާވާ މީހުން މިވާހަކަ ގަބޫލެއް ނުކުރެއެވެ. އެމީހުން ދެކެނީ، ބަނދަރު ހެދުމުގެ ސަބަބުން މަސްވެރިކަން ކުރާ ތަންތަނާއި މަސްމަހާމެހި އާލާކުރާ ސަރަހައްދުތައް ހަލާކުވެފައިވާ ކަމަށެވެ. މި ބަނދަރުގެ ބޮޑު ހިއްސާދާރަކީ، ޗައިނާގެ ޝިޕިންގ ކޮސްކޯ ކުންފުންޏެވެ. މި ބަނދަރުގެ ސަބަބުން ދެކުނު އެމެރިކާގައި ޗައިނާގެ ނުފޫޒު އޮތުރު ވެގެން ދާނެއެވެ. މި ސަރަހައްދުގެ މުއްސަނދި ވަސީލަތްތައް ކަމަށްވާ ލިތިއަމް އާއި ކޮޕާ ފަދަ ވަސީލަތްތަކަކީ ޗައިނާއިން ޝައުގުވެރިވާ ވަސީލަތްތަކެވެ. ޗައިނާގެ ބަނދަރުގެ ސަބަބުން އުފެދޭ ބިރުވެރިކަމަކީ، ސްރީލަންކާއާއި އާއި ޕާކިސްތާން ފަދަ ގައުމުތަކުން ފެނިގެން ދިޔަ "ދަރަނީގެ މަޅިއެއްގައި" ޕެރޫ މހިގެންދާނެ ކަމުގެ ބިރެވެ.

ގުޅުންހުރި ޚަބަރު