ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
އިލެކްޓްރިކް ވެހިކަލްތައް އުފެއްދުމުގައި ޗައިނާ އެންމެ ކުރީގައި
ދުނިޔެ

އިލެކްޓްރިކް ވެހިކަލްތައް އުފެއްދުމުގައި ޗައިނާ އެންމެ ކުރީގައި

އއިބްރާހީމްް ސަމީރު8 ޑިސެމްބަރު 2024
ޗައިނާއިން މިހާރު ދަނީ އިލެކްޓްރިކަލް ވެހިކަލްތަކަށް އޮތް ބޮޑު ޑިމާންޑުގައި ކުރި ހޯދަމުންނެވެ. ދުނިޔޭގެ ފެންވަރުގައި ޗައިނާއިން އުފައްދާ އީވީތަކުގެ ގާތްގަނޑަކަށް 60 ޕަސެންޓް މިހާރު އުފައްދަމުން ދަނީ ޗައިނާއިންނެވެ. އެއާއެކު، ޗައިނާއިން ދަނީ ހަލުއި ކަމާއެކު، ލިތިއަމް އަޔަން ބެޓެރީ އުފެއްދުމަށްޓަކައި، ނާދިރު މައުދަން ކަމަށްވާ، ލިތިއަމް ހޯދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަތްފުނާ އަޅަމުންނެވެ. އަދި މި ވަގުތު ޗައިނާއިން މިހާރު ބެޓެރީ ސެލް އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީގެ 75 ޕަސެންޓް ކޮންޓްރޯލް ކުރަމުން ދެއެވެ. ދުނިޔޭގައި އީވީ މާކެޓުގެ މައްޗަށް ފުރިހަމަ ކޮންޓްރޯލެއް ގާއިމް ކުރުމަށް ކުރާ މަސައްކަތުގައި ޗައިނާ ގެ ފަސް ޖެހުމެއް ނުވެއެވެ. އީވީ ޕްލާންޓްތަކާއި ލިތިއަމް މައިންތަކުގައި އިންވެސްޓް ކުރުމަކީ ޗައިނާއިން ފަސްޖެހޭ ކަންކަމެއް ނޫނެވެ. އީވީ މާކެޓް ދުނިޔޭގެ ފެންވަރުގައި ތަރައްގީ ވެފައި ވަނީ، މޫސުމީ ރައްކާތެރިކަމަށް ބާރު އެޅުމުންނާއި ވެހިކަލްތަކުން ވިހަ ދުން ބޭރުކުރުން ކޮންޓްރޯލް ކުރުމުގެ އަވަސްކަމާއި މުހިންމު ކަމުގެ ސަބަބުން ނެވެ. އެކަމަށް، 2015 ވަނަ އަހަރުގެ ޕެރިސް އެއްބަސްވުމުގައި ކަނޑައަޅާފައި ވެއެވެ. އެއީ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ގާނޫނީ ގޮތުން ބާރުވެރި ބައިނަލްއަގްވާމީ މުއާހަދާއެކެވެ. އެ މުއާހަދާގެ އެއްބަސްވުމުގެ ޝަރުތުތަކަށް އަމަލުކުރުމަށްޓަކައި އެކި ގައުމުތަކުގެ ސަރުކާރުތަކުން ވަނީ ވެހިކަލްތަކުން ދުން ބޭރުކުރުމުގެ މިންގަނޑުތަކަށް ހަރުކަށި ހުރަސްތަކެއް ކަނޑައަޅާފައެވެ. އަދި އެކަން ވެގެން ގޮސްފައިވަނީ، އީވީ ގަންނަ ފަރާތްތަކަށް އީވީ އަށް ހިތްވަރު ދިނުމަށް ސަރުކާރުތަކުން ސަބްސިޑީ ވެސް ހުށަހަޅާފައިވާ ކަމެއް ކަމަށެވެ. ޗައިނާ ސަރުކާރުން އީވީ އުފައްދާ ފަރާތްތަކަށް ސަބްސިޑީ ދިނުމުން ދުނިޔޭގެ އީވީ މާކެޓް ޑޮމިނޭޓް ކުރަން ޗައިނާއަށް ކާމިޔާބުވެގެން ގޮސްފައި ވެއެވެ. ޔޫރަޕާއި އެމެރިކާއިން ދެކޭ ގޮތުގައި އެކަން ޗައިނާއިން ހަމަޖައްސާފައި ވަނީ، ޓެރިފް ކަނޑައެޅުމާއި ވިޔަފާރީގެ އާންމު އެއްބަސްވުންތަކުގެ ދަށުން އިންސާފުވެރި ވާދަވެރިކަމުގެ އުސޫލާ ހިލާފު ގޮތަކަށް ކަމަށެވެ. ނަމަވެސް ދެ ކަމެއް އީވީގެ މުސްތަގުބަލަށް ނުރައްކާ ވެގެން ހިނގައިދާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ. އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް އަލުން އިންތިޚާބުވުމާއި ޓްރަމްޕް ޗައިނާއާ ދެކޮޅަށް އެޅުމަށް ނިންމާފައިވާ ޓެރިފްއާއި ނޮވެމްބަރު މަހު އަޒަރުބައިޖާނުގެ ބާކޫގައި ބޭއްވި ކޮޕް 29 މޫސުމާ ބެހޭ މަޝްވަރާތައް ކާމިޔާބު ނުވުމަކީ، މީގެ ސަބަބެއް ކަމުގައި ބެލެވެއެވެ.

ގުޅުންހުރި ޚަބަރު