ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ކެނެޑާއިން އާކްޓިކްގައި ޗައިނާއާއި ރަޝިޔާއަށް ފާރަ ލަނީ
ދުނިޔެ

ކެނެޑާއިން އާކްޓިކްގައި ޗައިނާއާއި ރަޝިޔާއަށް ފާރަ ލަނީ

އއިބްރާހީމްް ސަމީރު11 ޑިސެމްބަރު 2024
ޗައިނާ އާއި ރަޝިޔާގެ ޝައުގުވެރިކަން އާކްޓިކް ސަރަހައްދަށް އިތުރުވަމުންދާ ކަމަށް ބުނެ ކެނެޑާއިން ވަނީ އާކްޓިކް ޙިމާޔަތް ކުރުމަށް އެމެރިކާއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. "ގިނަ އަހަރުތަކެއް ވަންދެން ކެނެޑާއިން އަމާޒު ހިފީ، އާކްޓިކް އާއި އުތުރުގެ ސަރަހައްދުތައް އެހެން ގައުމުތަކާ ގުޅިގެން ހަމަނުޖެހުން ކުޑަ ޒޯނެއްގެ ގޮތުގައި މެނޭޖްކުރުން،" ކެނެޑާ ސަރުކާރުން ނެރުނު ބަޔާނެއްގައިވެ އެވެ. އެކަމަކު ފަހުން ފެނުނު ކަންތައްތަކުގެ ތެރޭގައި 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމައި "އާކްޓިކްގައި ބައިނަލްއަގްވާމީ އެއްބާރުލުމުގެ ބިންގާތަކަށް ބުރޫ އެރުން" ފަދަ ކަންކަމާ ހެދި އިތުރަށް ސަމާލުވާން ޖެހިފައިވާ ކަމަށް ބުނެފައި ވެއެވެ. ކެނެޑާއިން ގިނަ ދުވަސްތަކެއް ވަންދެން ބަހުސް ކުރަމުން އައީ އެގައުމުގެ ސަރަހައްދު ބޮޑު ކަމުގައިވިއަސް، މަދު އާބާދީއެއް އޮންނަ އާކްޓިކްގެ  ކޮންޓްރޯލް އެންމެ ރަނގަޅަށް ކަށަވަރު ކުރެވޭނެ ގޮތަކާ މެދުގަ އެވެ. ޕޮލިސީ ބަޔާނުގައި މޫސުމަށް އަންނަ ބަދަލުތަކަކީ ކެނެޑާގެ ކޮންޓްރޯލަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ބުނެފައި ވެއެވެ. ހޫނުގަދަވުމާއި އައިސް ފަށަލަ ވިރިގެން ދިއުމާއި ހޫނު މޫސުމުގައި ޕެސިފިކް ކަނޑުން އެޓްލާންޓިކް ކަނޑަށް ގަވާއިދުން ބޯޓުތަކުން ނޯތުވެސްޓް ޕޭސޭޖްގެ ނަމުން މަޝްހޫރު އާކްޓިކް މަގުން ދަތުރު ކުރުމުގެ ފުރުސަތު ބޮޑުވުމުން ކެނެޑާއަށް އިތުރަށް ސަމާލުވާން ޖެހިފައި ވެއެވެ. ކެނެޑާ ސަރުކާރުން ބުނީ އާކްޓިކްގައި އަސްކަރީ ހޭދަ އިތުރުކުރުމަށް އެގައުމުން ނިންމާފައިވާ ކަމަށާއި އޭގެ ތެރޭގައި ނޯތު އެމެރިކަން އެއަރޮސްޕޭސް ޑިފެންސް ކޮމާންޑުން ބޭނުންކުރާ ޑިފެންސް ސިސްޓަމްތައް އަޕްގްރޭޑް ކުރުން ހިމެނޭ ކަމަށެވެ.

ގުޅުންހުރި ޚަބަރު