ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އެމެރިކާއާ ނުލައި ކޮލޮމްބޯ ބަނދަރު ތަރައްގީ ކުރަނީ
ދުނިޔެ

އެމެރިކާއާ ނުލައި ކޮލޮމްބޯ ބަނދަރު ތަރައްގީ ކުރަނީ

އއިބްރާހީމްް ސަމީރު11 ޑިސެމްބަރު 2024
އަދާނީ ކުންފުނީން ސްރީލަންކާގައި ބިނާ ކުރާ ބަނދަރު ޕްރޮޖެކްޓަށް އެމެރިކާއިން ލޯނު ނުދޭން ނިންމުމުން އަމިއްލަ ފައިސާއިން އެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދަން އަދާނީން ނިންމައިފިއެވެ. އަދާނީ ޕޯޓްސް އެންޑް އެސްއީޒެޑް ލިމިޓެޑުން ބުނީ ލަންކާ ބަނދަރުގެ  މަޝްރޫއު "އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ތައްޔާރަށް އޮތް" ކަމަށާއި ކެޕިޓަލް މެނޭޖްމަންޓް ސްޓްރެޓެޖީއާ އެއްގޮތަށް އަމިއްލަ ފައިސާއިން މަޝްރޫއަށް ފައިސާ ހޯދާނެ ކަމަށެވެ. އެ ކުންފުނިން ބުނީ 2023 ވަނަ އަހަރު އެމެރިކާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (ޑީއެފްސީ) އިން ފައިނޭންސިން ހޯދުމަށް އެދުނު އެދުން މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެމެރިކާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ކޮލަމްބޯ ބަނދަރުގައި ކޮލަމްބޯ ވެސްޓް އިންޓަނޭޝަނަލް ޓާމިނަލްގެ ފުން ކޮންޓެއިނަރު ޓާމިނަލް ބަނދަރު ތަރައްގީކޮށް، ހިންގުމަށް އެހީތެރިވުމަށް 553 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް އެއްބަސްވެފަ އެވެ. އެ ބަނދަރު ތަރައްގީ ކުރަނީ އަދާނީ ޕޯޓްސް އާއި ސްރީލަންކާގެ ބޮޑު ކުންފުންޏެއް ކަމަށްވާ ޖޯން ކީލްސް ހޯލްޑިންގްސް އާއި ސްރީލަންކާ ޕޯޓްސް އޮތޯރިޓީގެ ކޮންސޯޓިއަމަކުންނެވެ. އެމެރިކާގެ ޑީއެފްސީ ފައިނޭންސިން އަކީ މި ސަރަހައްދުގައި ޗައިނާގެ ނުފޫޒު އިތުރު ވަމުން އަންނަ ކަމަށް ބުނެ އެމެރިކާ ސަރުކާރުން މެގަ ޕްރޮޖެކްޓްތަކަށް ފައިސާ ދޭން ފެށި މަސައްކަތުގެ ބައެކެވެ. ޑިއެފްސީ އަކީ، ދުނިޔޭގެ ފެންވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ ގާބިލްކަން އަދާނީ ކުންފުނީގައި ހުރިކަން ކަށަވަރު ކޮށްދިން ފަރާތެކެވެ. ނަމަވެސް އެފަރާތުން އަދާނީއަށް ލޯނު ނުދޭން ނިންމީ، އަދާނީއާ ދެކޮޅަށް އެމެރިކާގެ ސަރުކާރުން އިސްވެ އޮވެގެން ފެތުރި ވާހަކަތަކުން ކޯޓަށް މައްސަލަ ވެއްދުމުންނެވެ.

ގުޅުންހުރި ޚަބަރު