ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ނަތަންޔާހޫއަށް ޝެމްޕޭން ނުބައި ކަމަށް ބުނެފި
ދުނިޔެ

ނަތަންޔާހޫއަށް ޝެމްޕޭން ނުބައި ކަމަށް ބުނެފި

އއިބްރާހީމްް ސަމީރު11 ޑިސެމްބަރު 2024
ރިޝްވަތުގެ މައްސަލާގައި ޓެލްއަވީވްގައި ޝަރީއަތް ކުރަމުންދާ އިޒްރޭލުގެ މުޖުރިމު ނަތަންޔާހޫ ވަނީ ޝަރީއަތުގެ މަޖިލީހުގައި އޭނާއަކީ ކުށެއް ނެތް މީހެއްކަން ސާބިތުކޮށް ދޭން މަސައްކަތް ކޮށްފައެވެ. އިޒްރޭލު ބަންޑާރަ ނާއިބް އޮފީހުން ވަނީ އޭނާއާ ދެކޮޅަށް އެތައް ހާސް ހެކި ހުށަހަޅާފައެވެ. ނަމަވެސް އޭނާ ރިޝްވަތުގެ ގޮތުގައި ނަގާފައިވާ އަގު ބޮޑު ސުއްޓާ ބެހޭ ގޮތުން ސުއާލު ކުރުމުން ބުނެފައި ވަނީ ތިމަން ބައެއް ފަހު ސުއްޓާ ބޯކަމަށާއި ނަމަވެސް ސުއްޓާއެއް އެއްކޮށް ހުސްކޮށް ނުލެވޭ ކަމަށެވެ. އަދި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ޝެމްޕޭންއާ ބެހޭ ގޮތުން ސުއާލު ކުރުމުން ބުނީ، ޝެމްޕޭނަކީ އޭނާއަށް ނުބައި އެއްޗެއް ކަމަށެވެ. ޔަތަންޔާހޫ އާ ދެކޮޅަށް ތިން ދައުވާއެއް ހުށަހެޅި 3 ދައުވާގެ ޝަރިއަތްވެސް އެއްކޮށް ކުރިއަށް ގެންދެވެއެވެ. ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ދައުވާތަކުން ދިފާއުވާން މަސައްކަތް ކުރަމުން ޔަހޫދީ ކަލޭގެ ބުނީ ތިމަން އަކީ ދުވާލަކު 18 ގަޑި އިރަށް މަސައްކަތް ކުޜާ މީހެއް ކަމަށެވެ. އަދި (ހަނގުރާމައިގެ ޖަރީމާތައް ހިންގަން ރާވަން އަވަދި ނެތި އުޅޭތީ) ކާންވެސް ގެންނަނީ އޮފީހަށް ކަމަށާއި ކަނީވެސް އޮފީސް މޭޒު ދޮށުގައި އިނދެގެން ކަމަށެވެ. މީހުން ވަނީ ޔަހޫދީ ކަލޭގެ ކޯޓަށް ދިޔައިރު އޭނާއަކީ ހަނގުރާމައިގެ މުޖުރިމެއްކަން ހަނދާން ކޮށްދޭ ބޯޑުތައް ހިފައގެން ކޯޓު ބޭރުގައި މުޒާހަރާ ކޮށްފައެވެ.

ގުޅުންހުރި ޚަބަރު