ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ރައީސް ޝީ ސިފައިންގެ ކޮންޓްރޯލްގައި
ދުނިޔެ

ރައީސް ޝީ ސިފައިންގެ ކޮންޓްރޯލްގައި

އއިބްރާހީމްް ސަމީރު12 ޑިސެމްބަރު 2024
ޗައިނާގެ ރައީސް ޝީ ޖިންޕިން ގެންދަވަނީ ޗައިނާގެ ސިފައިންގެ މައްޗަށް އޭނާގެ ކޮންޓްރޯލް ވަރުގަދަ ކުރައްވަމުންނެވެ. 1938 ވަނަ އަހަރު މާއޯ ޒެޑޮންގް ވިދާޅުވި މަޝްހޫރު ބަސްފުޅު ކަމަށްވާ "ސިޔާސީ ބާރު ގަދަ ވާނީ  ބަޑިއެއްގެ ފަލަކޮޅުން" އެއީ ރައީސް ޝީގެ ފިކުރުގައި މުހިންމު ބަސްފުޅެކެވެ. 2024 ވަނަ އަހަރުގެ ޖޫން މަހު ޗައިނާ ސިފައިންގެ އިސް އޮފިސަރުންނާ މުޚާތަބު ކުރައްވަމުން ޝީ ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ކޮމިއުނިސްޓް ޕާޓީއަށް "ވަފާތެރި އަދި އިތުބާރު ކުރެވޭ" މީހުންގެ އަތުގައި ހަތިޔާރު ހުންނަން ޖެހޭނެ ކަމަށެވެ. އޭގެ ފަހުން ކޮރަޕްޝަނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދަވާ ކެމްޕޭނެއް އޭނާ ވަނީ ސިފައިންގެ އިސް ބޭފުޅުންނަށް އަމާޒުކޮށްފަ އެވެ. މިކަމާ ގުޅޭ ގިނަ ތަފްސީލުތައް ވަނީ ސިއްރު ކުރެވިފައެވެ. ރިޕޯޓްތަކުން ދައްކާ ގޮތުގައި ނިޒާމީ ގޮތެއްގައި ސިފައިންގެ ތެރެއިން ޝައްކު ކުރެވޭ  ފަރާތްތައް ދަނީ އެކަހެރި ކުރެވެމުންނެވެ. ނޮވެމްބަރު މަހު ޗައިނާގެ ޑިފެންސް މިނިސްޓްރީން ކަށަވަރުކޮށްދީފައި ވަނީ ސެންޓްރަލް މިލިޓަރީ ކޮމިޝަން ގެ މުހިއްމު ބޭފުޅެއް ކަމަށްވާ އެޑްމިރަލް މިއާއޯ ހޫއާގެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށާއި އޭނާ ވަނީ ސިފައިންގެ ސުލޫކާ ޚިލާފްވެފައި ކަމަށެވެ. މި މަސައްކަތަކީ ސިފައިންގެ ތެރޭހައި ވަފާތެރިކަން ކަށަވަރު ކުރުމަށް ޝީ ކުރައްވާ މަސައްކަތެއް ކަމަށް ތަހުލީލު ކުރާ ފަރާތްތަކުން ދެކެ އެވެ. އޭގެ އިތުރުން ޑިފެންސް މިނިސްޓަރު ޑޮންގް ޖޫންގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓްކޮށްފައިވެއެވެ. މިއީ މިފަދަ ތުހުމަތުތަކާ ކުރިމަތިލާން ޖެހުނު ތިން ވަނަ ޑިފެންސް މިނިސްޓަރެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ޝީގެ ފިޔަވަޅުތަކުގެ މަގުސަދަކީ ޚިޔާލުތަފާތުވުންތައް ނައްތާލައި، ޕީއެލްއޭ އޭނާގެ ސިޔާސީ އެޖެންޑާއާ އެއްގޮތް ކުރުމެވެ.

ގުޅުންހުރި ޚަބަރު