ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މަޒުހަބީ އަނިޔާވެރިކަމުގައި 130 މަރު
ދުނިޔެ

މަޒުހަބީ އަނިޔާވެރިކަމުގައި 130 މަރު

އއިބްރާހީމްް ސަމީރު12 ޑިސެމްބަރު 2024
ޕާކިސްތާނުގެ ޚުއްރަމް ޑިސްޓްރިކްޓްގައި ހިނގާ މަޒުހަބީ ހަމަނުޖެހުންތަކުގައި ޝީއީންނާއި ސުންނީ ޖަމާއަތްތަކާ ދެމެދު މަރުވެފައިވާ މީހުންގެ އަދަދު 130 އަށް ވުރެ ގިނަ ވެއްޖެ އެވެ. މި ހަމަނުޖެހުން ފެށެން ދިމާވީ ނޮވެމްބަރު 21 ވަނަ ދުވަހު ޝީޢީންގެ އާއިލާތަކެއް ދަތުރު ކުރަމުން ދިޔަ ގާފިލާތަކަކަށް ބަޑި ޖެހުމުގެ ސަބަބުންނެވެ. އެ ހަމަލާގައި 52 މީހުން މަރުވުމުން ބަދަލު ހިފުމުގެ ހަމަލާތަކެއް މުޅި ހިސާބުގައި ފެތުރިގެން ދިޔައެވެ. ޚުއްރަމް ޑިސްޓްރިކްޓަކީ، ސުންނީގެ ބަސްތީތަކުން ވަށާލެވިފައިވާ ޝިއާ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ހިސާބެކެވެ. މި ހިސާބަކީ ޒަމާނުއްސުރެ މަޒުހަބީ ފިތުނަވެރިކަމުގެ ޝިކާރައަކަށް ވެފައިވާ ސަރަހައްދެކެވެ. ޝީޢީ ޖަމާއަތްތަކަށް އަމާޒުކޮށް ހަމަލަ ދެމުން ދަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ތަހުރީކޭ ތާލިބާން ޕާކިސްތާން އާއި އެހެން ހަރުކަށި ސުންނީ ޖަމާއަތްތަކުންނެވެ. އަދި އެމީހުންނަށް ޕާކިސްތާންގެ ސިފައިންގެ ފަރާތުން ވާގިވެރިކަން ލިބޭ ކަމަށްވެސް ވެއެވެ. ޝީއީންގެ ފަރާތުން ހަމަލަތައް ދެމުން ދަނީ، ޒައިނަބިއްޔާ ބްރިގޭޑުންނެވެ. މި ހިސާބުގެ ހަމަނުޖެހުން ބޮޑު ވުމުގެ ސަބަބުން ހައިވޭތައް ބަންދުކޮށްފައި ވެއެވެ. އަދި އޭގެ ސަބަބުން އެ ޑިސްޓްރިކްޓްގެ މައި ސިޓީ ޕަރަޗިނާރަށް ކާބޯތަކެއްޗާއި ސިއްހީ ސާމާނު ލިބުން މެދު ކަނޑާލާފައިވެ އެވެ. މި ފަރާތްތަކުގެ ހަމަނުޖެހުމުގެ ސަބަބުން ހިސާބުގެ އިންފްރާސްޓްރަކްޗަރ އެއްކޮށް ހުއްޓުމަކަށް އައިސްފައި ވެއެވެ. އަދި އެއް ބަޔަކު އަނެއް ބަޔަކަށް ޝައްކުކޮށް ތުހުމަތު ކުރަމުން ދިއުމާއެކު ދައުލަތުގެ މުއައްސަސާތަކަށް އޮތް އިތުބާރު ގެއްލިގެން ގޮސް ޚުއްރަމްގައި ކުރިމަތިލުންތަކުން ޕާކިސްތާނުގައި ފުޅާ ދާއިރާއެއްގައި މަޒުހަބީ ބައިބައިވުންތައް ދައްކުވައިދެއެވެ. އަދި އެއާއެކު ޕާކިސްތާނުގެ ޝީއީ ބައިމަދު މީހުން ހީނަރުވެ، އެކަހެރިވެފައި ވެއެވެ.

ގުޅުންހުރި ޚަބަރު