ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ކެނެޑާއިން ޗައިނާ މަސްއޫލުވެރިން ބްލެކްލިސްޓް ކޮށްފި
ދުނިޔެ

ކެނެޑާއިން ޗައިނާ މަސްއޫލުވެރިން ބްލެކްލިސްޓް ކޮށްފި

އއިބްރާހީމްް ސަމީރު13 ޑިސެމްބަރު 2024
ކެނެޑާއިން ވަނީ ޗައިނާގެ ކުރީގެ އަދި މިހާރުގެ އިސް އަށް އޮފިޝަލަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ކަމަށް ބުނެފައެވެ. އެފަރާތްތަކަށް ފިޔަވަޅު އަޅާފައި ވަނީ ޓިބެޓާއި ޝިންޖިއާން ސަރަހައްދުގައި އެފަރާތްތަކުން ނިޒާމީ ފެންވަރެއްގައި އިސްވެ ތިބެގެން އިންސާނީ ހައްގުތަކާ ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެންނެވެ. ކެނެޑާގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ، 2017 ވަނަ އަހަރުން ފެށިގެން ޝިންޖިއާންގައި ޗައިނާއިން އެއް މިލިއަނަށް ވުރެ ގިނަ މީހުން ބަންދުކޮށްފައިވާ ކަމުގެ ރިޕޯޓްތައް ލިބޭތީ ކެނެޑާ ކަން ބޮޑުވާ ކަމަށެވެ. އަދި ކޭމްޕްތަކުގައި ބަންދުކޮށް ފައިވާ ގިނަ މީހުންނަށް ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ އަނިޔާއާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް ކެނެޑާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. ކެނެޑާއިން ޗައިނާއަށް ތުހުމަތު ކުރުމުން ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ އެ ވާހަކަ ދޮގު ކޮށްފައެވެ.

ގުޅުންހުރި ޚަބަރު